ޚަބަރު

"ނިޔަވާލި" ދޯނީގެ ޚަބަރެއް ވެއްޖެ


މަސްވެރިކަމަށް ނުކުމެ އުޅުނު "ނިޔަވާލި" ނަމަކަށް ކިޔާ ދޯނީގެ ޚަބަރެއް ނިވެގެން ހޯދަނިކޮށް އެދޯނީގެ ޚަބަރެއް ވެއްޖެއެވެ. 

މި ދޯނީގެ ޚަބަރެއްވީ މިރޭ 23:29 ހާއިރުކަމަށް ދޯނީގެ ވެރިފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދިނުމުންކަމަށް ކޯސްޓްގާޑުން ބުނެއެވެ. 

މި ދޯނި މިހާރު އޮތީ ރ.އަތޮޅުގެ 7 މޭލު ބޭރުގައިކަމަށްވެސް މަޢުލޫމާތު ލިބެއެވެ. ދޯނީގެ ވެރިފަރާތުން މަޢުލޫމާތު ދިން ގޮތުގައި ދޯންޏާއި ނުގުޅުނީ ފޯނުގެ ރޭންޖު ނުލިބޭ ސަރަޙައްދެއްގައި އޮތުމުން ކަމަށާ މި ދޯނިން ދަތުރުކުރި އެންމެންގެ ހާލުވެސް ރަނގަޅުކަމަށް ދޯނީގެ ވެރިފަރާތާ ހަވާލާދީ ކޯސްޓްގާޑުން ބުނެއެވެ.