ކުޅިވަރު

ފުވައްމުލަކު ވޮލީ މުބާރާތުގައި މީދޫއަށް ފަސޭހަ މޮޅެއް


ސީދާ ތިން ސެޓުން ނަގަނަމަގޯ ބަލިކޮށް، މީދޫ ވޮލީ ޓީމުން ފުވައްމުލަކު ސިޓީ ކައުންސިލް ވޮލީބޯޅަ މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

 ޤައުމީ ކޯޗު މުޙައްމަދު ސާޖިދުގެ އިރުޝާދުގެ ދަށުން ކުޅުނު ޓީމް މެޗުގެ ސެޓްތައް ގެންދިޔައީ 25-16، 25-19 އަދި 25-19 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޕާކިސްތާނުގެ މުރާދު ޖީހާންއެވެ. އަހުމަދު ފާޒިލްއާއި، އާދަމް ފައިރޫޒްވެސް ކުޅެމުން އަންނަ މީދޫ ޓީމްގެ ތަފާތަކަށްވީ ޕާކިސްތާންގެ ކުޅުންތެރިޔާއެވެ. 

މެޗަށްފަހު ކޯޗު ސާޖިދު ބުނީ ކުޅުން ވަރަށް ރަނގަޅު ކަމަށް. އަދި ފަސޭހައިން ނިމުނީ އިދިކޮޅު ޓީމްގައި ތަފާތެއް ނެތުމުންކަމަށެވެ. އިދިކޮޅު ޓީމް ރަނގަޅު ނުވިޔަސް އޭނާގެ ޓީމުން މެޗު ފަސޭހަކޮށްނުލިކަން ކޯޗު ފާހަގަކުރިއެވެ. 

ނަގަނަމަގޯގެ ކޯޗު ބުނީ އަހުމަދު އާސިމް ބުނީ ތަފާތަކީ ޕާކިސްތާނުގެ މުރާދު ޖީހާންކަމަށާއި، ކުޅުމާއި މެދު ހިތްހަމަޖެހޭކަމަށެވެ.