ޚަބަރު

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓްރީގެ މަޤާމަށް ސަޢީދު


މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ގ. ދިލްކަޝް،  މުޙައްމަދު ސަޢީދު ހަމަޖައްސަވައިފިއެވެ. މުޙައްމަދު ސަޢީދު މީގެކުރިން ހުންނެވީ އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމްގައެވެ. 1989 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ އެކި މަޤާމްތަކުގައި މުޙައްމަދު ސަޢީދުވަނީ ޚިދުމަތްކުރައްވާފައެވެ. މީޑިޔާ އޮފިސަރެއްގެ މަޤާމުން ފެށިގެން ތައުލީމީ ދާއިރާގެ އެކިއެކި މަޤާމުތައް ފުރުއްވާފައިވެއެވެ. މުޙައްމަދު ސަޢީދު ވަނީ އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީ އޮފް ބޯލްޓަންއިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލްކުރައްވާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ސިވިލް ސަރވިސް ކޮމިޝަނުން،  މުޙައްމަދު ސަޢީދު ހަމަޖެއްސުމާ ގުޅިގެން ތަޢާރަފުވުމުގެ ގޮތުން މިއަދު ވަނީ އެޑިއުކޭޝަން މިނިސްޓްރީގައި ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމާއި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އާއިޝަތު ޝިހާމު ބައިވެރިވެވަޑައިގެންނެވިއެވެ.