ކުޅިވަރު

ޤައުމީ ކޯޗުގެ ޖަވާބު: އަތޮޅުތެރޭގެ ކުޅުންތެރިންނަށް ވަގުތު ބޭނުން


އަތޮޅުތެރޭގެ ޓީމުތަކަށް ކުޅޭ ކުޅިންތިރަންނަށް ފުރުސަތު ނުދިނީ އަދި މިލެވެލަށް އެކުޅުންތެރިން ތައްޔާރުނުވާތީ ކަމަށް ޤައުމީ ފުޓްބޯޅަޓީމުގެ ކޯޗު ބުނެފިއެވެ. 

ޤައުމީ ސްކޮޑް އެކުލަވާލި ގޮތަށް އަމާޒުވަމުންދާ ފާޑުކިއުންތަކަށް ރައްދުދީ އެފްއޭމްގައި މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަމުން ކޯޗު ޑަރެން ސްޓެވާޓް ބުނީ ދިވެހި ޕްރިމިއަރ ލީގުގައި މިނިވަން ޗެންޕިއަންޝިޕުން ކޮލިފައިވި ޓީމްތަކުގެ ކުޅުންތެރިން ދައްކަމުންދަނީ ފާހަގަކޮށްލެވޭ ކުޅުމެއްކަމަށެވެ. އެގޮތުން އެޓީމުތަކުގެ ކޯޗުން ކުރަމުންދާ މަސަކަތް ފާހަގަކުރާކަމަށް ސްޓެވާޓް ބުންޏެވެ. އެހެންނަމަވެސް މިވަގުތު އެކުޅުންތެރިންނަށް ފުރަސަތު ނުދިނީ މިލެވެލްގައި ކުޅުމަށް އެކުޅުންތެރިން ތައްޔާރުވާން އިތުރު ވަގުތު ބޭނުންވާތީކަމަށް ކޯޗު ބުންޏެވެ.

އޮސްޓްރޭލިޔާގެ ކޯޗު ސްޓެވާޓް ބުނީ ރަށުންބޭރުގައި ކުޅެން އެކުޅުންތެރިން ތައްޔާރުވުމަށް އަދި އިތުރު ވަގުތު ބޭނުންވާ ކަމަށާއި، އަންނައަހަރު މާލޭގައި ބޫޓާނާ ދެކޮޅަށް ކުޅޭ މެޗުގައި އޭގެތެރެއިން ފާހަގަކޮށްލެވޭ ކުޅުންތެރިންނަށް ފުރުސަތު ދޭނެކަމަށެވެ.

" އަމިއްލަ ރަށުގައި ކުޅުންތެރިންނަށް ފުރުސަތުދިނުމުގެ ވިސްނުންހުރީ، އަދި ލީގުގައި ކުޅޭ އަތޮޅުތެރޭގެ ކުޅުންތެރިންނަށް ވަގުތު ބޭނުންވާނެ، އެމީހުން ތައްޔާރެއްނޫން މިލެވެލްއަކަށް" ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެމުން ކޯޗު ބުންޏެވެ.

img:http://s2.psmnews.mv/images/660x400/15102163875200.JPG|އެންމެފަހުން ކުޅުނު މެޗަށް ނެގި ފުރަތަމަ އެގާރަ. މިފަހަރުގެ ޓީމަށްވެސް ބޮޑު ބަދަލެއްނާދޭ: ފޮޓޯ-ޕީއެސްއެމް

ސްޓެވާޓް ބުނީ ކުޅުންތެރިން ޤައުމީ ޓީމަށް ނެގުމުގެ ހުރިހާކަމަށް ކުރަނީ އޭނާކަމަށާއި އެކަމުގެ ޒިންމާވެސް އޭނާ ނަގާކަމަށެވެ. ސެޓެވާޓް ބުނީ ޤައުމީ ޓީމަށް ކުޅުންތެރިން ނަގާ އުސޫލާ ގުޅޭގޮތުން އެފްއޭއެމްއަށް އަބަދުވެސް ފާޑުކިޔުން އަމާޒުވާ ކަމަށާއި، ނަމަވެސް ފާޑުކިޔާނަމަ ފާޑުކިޔަންވީ އޭނާއަށް ކަމަށް ކޯޗު ވަނީ ބުނެފައެވެ. މިފަހަރު ފުރުސަތު ދީފައިވާނީ އޭފްސީގައި ރަޖިސްޓިރީ ކުރެވިފަވާ ނުވަދިހަ އަށް ކުޅުންތެރިންގެ ލިސްޓްގެ ތެރެއިން ކުޅުންތެރިންނަށްކަމަށް ބުނެ، ބައެއް ކުޅުންތެރިން ރަޖިސްޓްރީ ނުކުރެވިވާކަމުގެ އިޝާރާތެއް ކޯޗު ދިނެވެ.

އަންނަ އަހަރު ބޫޓާނާ ދެކޮޅަށް ކުޅޭ މެޗުން ކުޅުންތެރިންނަށް ފުރުޞަތުދޭނެކަމަށް ކޯޗު ބުނެފައިވާއިރު، އޭރު ލީގު ނިމި އަތޮޅު ތެރޭގައި ކުޅުންތެރިން ތިބޭނީ ކުޅުމާއި ދުރުގައެވެ. އެކުޅުންތެރިންނަކީ ކުޅުމަށް ހުސްވެ ތިބޭ ކުޅުންތެރިންނަށް ނުވުމުން އެމުއްދަތުގައި ކުޅުންތެރިން ޤައުމީ ޓީމަށް އަންނަ އިރު ތިބޭނީ ރަނގަޅު ހާލަތުގައިތޯވެސް އުވާލުއުފެދެއެވެ.