ކުޅިވަރު

އަންހެން ޑިވިޝަންގެ ފުރަތަމަ މެޗު ކާމިޔާބުކުރީ ދަނޑިމަގު ރަނިން


ފުވައްމުލައް ސިޓީ ކައުންސިލް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ މެޗު ދަނޑިމަގު ރަނިން ކާމިޔާބުކޮށްފިއެވެ. 

މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ މެޗު ދަނޑިމަގު ރަނިން ކާމިޔާބުކުރީ މިސްކިތްމަގު އެންމެންގެ ގުޅުމާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ދަނޑިމަގު ރަނިން ގެންދިޔައީ 25-10، 25-12 އަދި 25-22 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ދަނޑިމަގު ރަނިންގެ ޓީމަށް ކުޅޭ އިންޑިޔާ ކުޅުންތެރިޔާ ނިރްމަލާއެވެ. 

މެޗަށްފަހު ދަނޑިމަގު ރަނިންގެ ޓީމުގެ ކޯޗު އިސްމާއިލް ރިފާއު ( ޗިޗޫ ) ބުނީ ފުރަތަމަ ދެ ސެޓް އެހާ ފަސޭހައިން ގެންދެވުނީ ވައި ހުރިގޮތުން ނެގުނު ރަނގަޅު އެޑްވާންޓޭޖެއް ނެގުމުންކަމަށާއި ފަހު ސެޓު އެހާ ތަފާތު ބޮޑުކޮށް ނުދިޔައީ ފަސޭހަކޮށްލުމުން ކަމަށެވެ. 

މުބާރާތުގައި މިއަދުވެސް ދެ މެޗު ކުޅޭނެއެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލު ކުރާނީ ފިރިހެން ޑިވިޝަންގެ މީދޫ ވޮލީޓީމާއި ނަގަނަމަގޯއެވެ. މިރޭ ކުޅޭ މެޗުގައި ވާދަކުރާނީ ދަނޑިމަގު ރަނިންއާއި ފްރެންޑްސް ކުލަބް ފުނާޑްއެވެ.