ކުޅިވަރު

ޗެލްސީގެ ގޯލާއެކު އަހަރުމެން ޖަޒުބާތުގައި ޖެހިއްޖެ- މޮރީނިއޯ.


އޭނާގެ ކުރީގެ ޓީމު ޗެލްސީ އަތުން 1-0 ން ރޭ މެންޗެސްޓާ ޔުނައިޓެޑް ބަލިވީ ޖަޒުބާތުގައި ޖެހިގެން ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.

 ޗެލްސީގެ ތާރީހުގައި ފެނުނު އެންމެ ކާމިޔާބު ކޯޗު ބުނީ ޗެލްސީގެ އަލްވާރޯ މޮރާޓާ ޖެހި ގޯލަށް ފަހު އޭނާގެ ޓީމަށް މެޗު ގެއްލިއްޖެކަމަށް ގަބޫލު ކުރެވުނު ކަމަށާއި، އެއީ މެޗުގައި ހިނގައިދިޔަ އެންމެ ގޯސްކަންތައް ކަމަށެވެ. މޮރީނިއޯ ބުނީ ރޭގެ މެޗަކީ ވަރަށް ހަމަހަމަކޮށް ދެ ޓީމުން ވެސް ކުޅުނު މެޗެއް ކަމަށެވެ. އަދި ކުރިން ލަނޑު ޖަހާ ޓީމަކަށް އިތުބާރު ވެސް އޮންނާނެ ކަމަށެވެ. 

މޮރީނިއޯ ބުނީ މެޗަށް ފަހު ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އޭނާއާ ސަލާމް ނުކުރުމަކީ މައްސަލައެއްނޫން ކަމަށާއި، ޗެލްސީގެ އެހެން އޮފިޝަލުން ސަލާމް ކުރި ކަމަށެވެ. އަދި އިހްތިރާމް ކުރަން ޖެހޭނީ ދަނޑުމަތީގައި ކަމަށާއި، ދަނޑުން ބޭރުގައި ނޫން ކަމަށެވެ. މި މެޗުން މޮޅުވުމުން ޔުނައިޓެޑާއި ޗެލްސީގެ ފަރަގު އެއް ޕޮއިންޓަށް ގާތްވެފައިވާއިރު، ކޮންޓޭ ބުނީ މިއީ ޓީމަށް ލިބުނު ވަރަށް ބޮޑު އިތުބާރެއް ކަމަށެވެ. ބައެއް މެޗުތަކުން މޮޅުނުވެ ހިނގައިދާނެ ކަމަށާއި ނަމަވެސް ކޮންމެ މެޗެއްގައި ވެސް ހިތްވަރު ކުރަންޖެހޭ ކަމަށެވެ.