ޚަބަރު

މައްސަލަ ހައްލުކޮށް މިއަދު ޕާސްޕޯޓް ދޫކުރަން ފެށޭނެ- އިމިގްރޭޝަން


ޕާސްޕޯރޓް ހެއްދުމަށް ބޭނުންކުރާ ސިސްޓަމްތަކަށް ދިމާވި މައްސަލަ ހައްލުކޮށް ޕާސްޕޯޓަށް އެދިފައިވާ ފަރާތްތަކަށް މިއަދުން ފެށިގެން ޕާސްޕޯޓް ދޫކުރަމުން ގެންދާނެކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

ކަރަންޓަށް ދިމާވި މައްސަލަތަކާއި ގުޅިގެން މިދިޔަ ހަފްތާގެ ބުދަ ދުވަހުން ފެށިގެން ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތްތަކަށް ވަނީ ބުރޫއަރާފައެވެ.

އިމިގްރޭޝަނުންގެ މީޑިއާ އޮފިޝަލް ހަސަން ޚަލީލް ވިދާޅުވީ، މިދިޔަ ހަފްތާތެރޭގައި ވެލާނާގެއިން ކަރަންޓް ކެނޑުމުގެ އެ އިދާރާގެ ސިސްޓަމްތަކަށް މައްސަލަތަކެއް ދިމާވެފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށް ޚަލީލް ވިދާޅުވިއެވެ.

ޕާސްޕޯޓު ހެއްދުމަށް ދިމާވި މައްސަލަ ޙައްލުކޮށް، ބުރާސްފަތި ދުވަހާއި، މިއަދު ޕާސްޕޯޓަށް އެދުނު ފަރާތްތަކަށް މިރޭވެސް ޚިދުމަތް ދިނުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އިމިގްރޭޝަނުން ބުނެއެވެ.