ކުޅިވަރު

މޮރީނިއޯގެ މަލާމާތް ޗެލްސީގެ ކޯޗު ކޮންޓޭއަށް!


އޭނާގެ ކުރީގެ ޓީމު ޗެލްސީއާ ދެކޮޅަށް ނުކުތުމުގެ ކުރިން އިންޖަރީވެފައިވާ ކުޅުންތެރިން ގިނަވެގެން އަބަދު ރޯންވީ އޭނާ ކަމަށް ބުނެ މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ، ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އަށް ޖެއްސުންކޮށްފިއެވެ. 

މި ދެ ކޯޗުންގެ މެދުގައި މައްސަލަ އުފެދުނީ މިދިޔަ ސީޒަނުގައެވެ. މެންޗެސްޓާ އަތުން ޗެލްސީ 4-1އިން މޮޅުވި މެޗުގައި ކޮންޓޭ މާބޮޑަށް އުފާފާޅު ކުރުމުން މޮރީނިއޯ ވަނީ އެއީ އޭނާ ލަދުގަންނުވާލަން ކުރި ކަމެއް ކަމަށް ސިފަކޮށްފައެވެ. ނަމަވެސް ޗެލްސީގައި އެންމެ ކާމިޔާބު ކޯޗަކީ އޭނާ ކަމަށާއި އެހެން ކޯޗަކު އެޓީމުގައި ހުރެ އޭނާއާ ދިމާކުރަންޖެހޭނީ އޭނާ ހޯދި ކާމިޔާބީ ފަހަނައަޅައި ދިއުމަށް ފަހު ކަމަށް ވެސް މޮރީނިއޯ ބުންޏެވެ.

މި ދެ ކޯޗުން މިރޭ އަލުން ޗެލްސީގެ ދަނޑުގައި ބައްދަލުކުރާ މެޗުގެ ކުރިން ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ މޮޅުނުވާތީވެ ބައެއް ކޯޗުން އަބަދުވެސް ރޯންތިބެނީ ތިބެނީ އިންޖަރީވެފައިވާ ކުޅުންތެރިންގެ ވާހަކަތަކުން ބަހަނާ ދައްކައިގެން ކަމަށެވެ. އޭނާ އިޝާރާތް މިކުރީ ޗެލްސީގެ މުހިންމު ބައެއް ކުޅުންތެރިންނަށް އަނިޔާވެފައިވާ މައްސަލަ ކޮންޓޭ ތަޖުރާރުކޮށް ފާހަގަކުރާތީވެ. ނަމަވެސް މޮރީނިއޯ ބުނީ އިންޖަރީ ގިނަވެގެން ރޯންޖެހޭނަމަ އެކޯޗަކީ އޭނާ ކަަމަށެވެ.

ޓީމުގެ އެންމެ މުހިންމު ކުޅުންތެރިއަކީ ޕައުލް ޕޮގްބާ ކަމަށާއި އޭނާ ނެތި 11 މެޗު ކުޅުނު އިރި ޗެމްޕިއަންސް ލީގުގައި ޕޮގްބާ މި ސީޒަނުގައި ނުކުޅޭކަން ވެސް މޮރީނިއޯ ވަނީ ފާހަގަކޮށްފައެވެ. އަދި މާކޯސް ރޯހޯ އާއި މަރައުނޭ ފެލައިނީ ވެސް ތިބީ އިންޖަރީގައިކަން މޮރީނިއޯ ފާހަގަކުރިއެވެ.

އޭނާ ބުނީ ޕޮގްބާ ނުކުޅޭ ވާހަކަ ކޮންމެ ޕްރެސްކޮންފަރެންސްގައި އޭނާ ނުދައްކާ ކަމަށާއި ޕޮގްބާގެ ނަންވެސް ބުނެލަނީ ނޫސްވެރިން ސުވާލުކޮށްފިނަމަ އެކަނި ކަމަށެވެ. މިހެންވެ އިދިކޮޅު ކޯޗުން ދައްކަނީ ތާކުންތާކުނުޖެހެ ބަހަނާ ކަމަށެވެ. ޗެލްސީގެ މުހިންމު ކުޅުންތެރިންގެ ތެރެއިން އެންގޯލޯ ކާންޓޭ އާއި ފޯވަޑް އަލްވާރޯ މޮރާޓާ އަށް ވަނީ އަނިޔާވެފައެވެ. މޮރީނިއޯގެ ވާހަކަތަކާމެދު ކޮންޓޭ ބުނީ އެހެން ޓީމުތަކާމެދު ނުވިސްނައި ކޮންމެ ކޯޗަކު ވެސް ވިސްނަނީވީ އެމީހެެއްގެ ޓީމާމެދުގައި ކަމަށެވެ.