ކ.ގުރައިދޫ ފަޅުތެރޭގައި އޮތް ޑައިވިންގ ދޯންޏެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފިއެވެ.
މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއްނުވާއިރު ހެނދުނު 10:00 ހާއިރު ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑުގެ ލޯންޗެއްގައި އެފްއާރުއެސްގެ ފަޔަރމަނުންގެ ޓީމެއް ވަނީ ކ.ގުރައިދޫއަށް ގޮސްފައެވެ. އަދި 11:30 ހާއިރު އެފްއާރުއެސްގެ ފަޔަރމަނުން ވަނީ ރޯވެފައިވާ ދޯންޏަށް ފޯމްޖަހައިގެން އަލިފާން އެއްކޮށް ނިއްވާލާފައެވެ.
މިހާދިސާގައި ދޯނީގެ މަތީ ގެގަނޑު އެއްކޮށްވަނީ އަނދާފައެވެ.