ޚަބަރު

ނަފްސާނީ ބައްޔާއިބެހޭ ސެމިނަރއެއް ބާއްވައިފި


ބްރިޓިޝް ހައި ކޮމިޝަނާއި މެންޓަލް ހެލްތު އެވެއަރނެސް ފައުންޑޭޝަނާއި އައިޖީއެމްއެޗްގެ ނޭޝަނަލް ހެލްތު ކެއަރ އެކަޑަމީ ގުޅިގެން "މަސްތުވާތަކެތި ބޭނުންކުރުމާއި ނަފްސާނީ ބަލި" މިނަމުގައި ސެމިނަރއެއް ބާއްވައިފިއެވެ.

އެއްދުވަހަށް އައިޖީއެމްއެޗުގައި ކުރިއަށްގެންދިޔަ މި ސެމިނާގައި މަޢުލޫމާތުދެއްވީ ޑރ. ޖަޔަމަލް ޑި ސިލްވާއެވެ. މި ސެމިނަރގައި ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން އެކި ދާއިރާތަކުން 35 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. 

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މެންޓަލް ހެލްތު އެވެއާރނެސް ފައުންޑޭޝަންގެ ކޯރ ފައުންޑަރ އައިޝަތު ޔޫލިޔާ ހަލީމް ވިދާޅުވީ ތަޖުރިބާކާރުންނާއެކު ބާއްވާ މިފަދަ ސެމިނަރތަކުގެ ސަބަބުން މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކާ މުޢާމަލާތް ކުރާނެގޮތުގެ މައުލޫމާތު ދީފައިވާނޭކަމަށެވެ.

ނަފްސާނީ ދުޅަހެޔޮކަމާއި ނަފްސާނީ ސިއްޙަތާއި ބެހޭގޮތުން ޢާއްމުނަށް މަޢުލޫމާތުދީ ހޭލުންތެރިކުރުމަށް މެންޓަލް ހެލްތު އެވެއަރނެސް ފައުންޑޭޝަނާއި އައިޖީއެމްޗުން ގެންދަނީ މަސައްކަތްކުރަމުންނެވެ.