ކުޅިވަރު

މުސާރަ ބޮޑުކުރަން މަސައްކަތް ނުކުރަން - ރޮނާލްޑޯ


ރެއާލް މެޑްރިޑުން އޭނާ އަށް މިހާރުދޭ މުސާރަ ބޮޑުކޮށް، އާ ކޮންޓްރެކްޓެއްގައި ސޮއިކުރަން ކުލަބަށް ޑިމާންޑް ނުކުރާ ކަމަށް ރެއާލް މެޑްރިޑުގެ ޕޯޗުގަލް ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ޓޮޓެންހަމް އަތުން 3-1 ން ބަލިވި މެޗަށް ފަހު ރޮނާލްޑޯ ބުނީ ޓިމު ބަލިވުމަކީ އޭނާ އެދޭ ކަމެއް ނޫން ކަމަށާއި، އަމުދުން މިފަދަ ވަގުތެއްގައި އޭނާގެ ކޮންޓްރެކްޓް އާކުރަން ޑިމާންޓް ނުކުރާނެ ކަމަށެވެ.

މެޑްރިޑާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އަދި ހަތަރު އަހަރު އޮބައޮތް ކަމަށާއި، މިވަގުތު އާ ކޮންޓްރެކްޓެއް ހޯދުމުގެ ބަދަލުގައި މިވަގުތު އޭނާ އަށް މުހިންމީ މިހާރުގެ ކޮންޓްރެކްޓަށް ބޯލަނބައިގެން މަސައްކަތް ކުރުން ކަމަށް ވެސް ހުސްވި ދެ އަހަރުގެ ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ވަނީ ފާހަގަކޮށްފައެވެ.

އޭނާ ބުނީ ރެއާލް މެޑްރިޑް މިހާރު އޮތީ ރަނގަޅު ފޯމެއްގައި ނޫން ކަމަށާއި، ނަމަވެސް އެންމެންގެ މަސައްކަތުން ޓީމު ހާލަތު ބަދަލު ކުރެވިދާނެ ކަމަށެވެ. އެކަމަށް ބޭނުންވަނީ މަސައްކަތް ކުރުން ކަމަށާއި، ކުޅުންތެރިން އެކަން ކުރާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.