ކުޅިވަރު

ޗެލްސީ ބަލިވި ސަބަބެއް ބުނެދޭން ވެސް ނޭނގެ: ކޯޓުއާ


ޗެމްޕިއަންސް ލީގުގައި ރޭ އިޓަލީގެ ރޯމާ އަތުން 3-0 ން ޗެލްސީ ބަލިވި ސަބަބު ބުނެދޭން ވެސް ނޭނގޭ ކަމަށް ގޯލްކީޕަރު ތިބައޫ ކޯޓުއާ ބުނެފިއެވެ.

 މެޗަށް ފަހު ވާހަކަ ދައްކަމުން އޭނާ ބުނީ ރޯމާގެ އަލްޝާރަވޭ ފުރަތަމަ 30 ސިކުންތުގެ ތެރޭގައި ގޯލު ޖެހި ގޮތް އޭނާ އަށް ނޭނގުނު ކަމަށާއި، ޝާރަވޭ ޖެހި ދެ ވަނަ ގޯލާއެކު އޭނާ އަށް ހަޅޭއްލަވައިގަނެވުނު ކަމަށެވެ. ނަމަވެސް ސްޓޭޑިއަމުގައި ތިބި ރޯމާގެ ސަޕޯޓަރުންގެ އަޑުގަދަ ކަމުން އެއްވެސް ކުޅުންތެރިއަކަށް އޭނާގެ އަޑު ނީވުނު ކަމަށެވެ. 

ކޯޓުއާ ބުނީ ޗެލްސީ އަށް މި ސީޒަނުގައި ދިމާވަމުން އަންނަ ގޯސް ނަތީޖާތަކާމެދު ހުރިހާ އެންމެން ވެސް ވިސްނާ ފިކުރު ކުރަންޖެހޭ ކަމަށެވެ. ކޯޗު އެންޓޯނިއޯ ކޮންޓޭ މެޗަށް ފަހު ބުހީ ހުސްވި ސީޒަނުގައި ޗެލްސީ ކުޅުނީ މެޗުން މޮޅުވާން ކަމަށާއި، މި ސީޒަނުގައި ވެސް މޮޅުވާން ބޭނުނެވެފައިތިބި ކަމާއި، އެހިތްވަރު ދައްކަން ޖެހޭ ކަމަށެވެ. ކޮންޓޭ ބުނީ މެޗުތަކުގެ ނަތީޖާ ގޯސްވުމަކީ ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ވެސް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށާއި، ނަމަވެސް ހާލަތު ބަދަލު ކުރެވޭނީ ވެސް ކުޅުންތެރިންނަށް ކަމަށެވެ. 

ރޭ ޗެލްސީ ބަލިވި މެޗަކީ އެޓީމުގެ ސެސް ފެބްރިގާސް ޗެމްޕިއަންސް ލީގުގައި ކުޅުނު 100 ވަނަ މެޗެވެ. އޭނާ އަކީ 100 ހަމަކުރި ފަސް ވަނަ އަށް އެންމެ ޒުވާން ކުޅުންތެރިޔާއެވެ. މި މެޗުން މޮޅުވުމުން ރޯމާ ވަނީ އަށް ޕޮއިންޓާއެކު ޓޭބަލުގެ ކުރީގައެވެ. ކުރިން އެއްވަނާގައި އޮތް ނަމަވެސް ޗެލްސީ މިހާރު އޮތީ ހަތް ޕޮއިންޓާއެކު ދެ ވަނާގައެވެ. ތިން ވަނާގައި ވަނީ ތިން ޕޮއިންޓާއެކު އެތްލެޓިކޯ މެޑްރިޑެވެ.