ކުޅިވަރު

ފަސް އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ބާސެލޯނާ ފޭލްވެއްޖެ


ފަސް އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އަށް ގޯލެއް ނުޖެހި މެޗެއް ނިމިއްޖެއެވެ.

 ގްރީސްގެ އޮލިމްޕިއާކޯސްއާ ދެކޮޅަށް ކުޅެ 0-0 ން މެޗު އެއްވަރުވި ނަމަވެސް ބާސެލޯނާ ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދާފައެވެ. ކެޕްޓަން ލަޔޮނަލް މެސީ ޖެހި ބޯޅަތައް ކީޕަރު ދިފާއު ކުރުމުން އޮލިމްޕިއާކޯސްގެ ކުޅުންތެރިން ބުނީ މިއީ ވަރަށް ހިތްވަރުކޮށްގެން ނެރެވުނު ނަތީޖާއެއް ކަމަށެވެ. މިޑްފީލްޑަރު ޕަންގިއޯޓިސް ޓަކިޑިސް ބުނީ ކުޅުންތެރިން ކުރި މަސައްކަތަކީ ތައުރީފު ހައްގު މަސައްކަތެއް ކަމަށާއި، އަމިއްލަ ދަނޑުގައި ބާސެލޯނާ އަތުން ބަލިނުވާން ހުރިހާ ކުޅުންތެރިން އަޒުމް ކަނޑައެޅި ކަމަށެވެ. 

ނަމަވެސް ބާސެލޯނާގެ ކޯޗު އެސްޓާނޯ ވަލްވާޑޭ ބުނީ ލަނޑު ނުޖެހުނަސް އޭނާގެ ޓީމުން ކުރި މަސައްކަތާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. ބައެއް މެޗުތަކުގައި ލަނޑު ނުޖެހުމަކީ މައްސަލައެއްނޫން ކަމަށާއި، ކުރިއަށް އޮތް މެޗުން މޮޅުވެވިއްޖެނަމަ ހުރިހާ ކަމެއް ހަނދާނެ ނެތޭނެ ކަމަށެވެ. މި މެޗުން މޮޅުވިނަމަ ބާސެލޯލާ ދެ ވަނަ ބުރަށް ދާނެއެވެ. 

މިހާރު އެ ޓީމު އޮތީ 10 ޕޮއިންޓާއެކު ޓޭބަލުގެ އެއް ވަނާގައެވެ. ދެ ވަނާގައި ވަނީ 7 ޕޮއިންޓާއެކު އިޓަލީގެ ޔުވެންޓަސްއެވެ. ސްޕޯޓިންއާ ބައްދަލުކޮށް ރޭ އެ ޓީމު އެއްވަރުވީ 1-1 ނެވެ..