އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބަކީ ދެފުށް ފެންނަ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ވާނެކަމުގެ ޔަޤީންކަން އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.
އެކޮމިޝަނުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބަކީ ދިވެހި ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކާއި އަދި ބައިނަލް އަޤްވާމީ ހަމަތަކާއި އެއްގޮތްވާ ގޮތުންގެ މަތިން ބާއްވާ ހާމަކަން ބޮޑު ދެފުށް ފެންނަ އިންތިޚާބަކަށް ވާނެކަމަށެވެ.
އިލެޝަންސް ކޮމިޝަނުން ބުނީ މި ހަފްތާގެ ތެރޭގައި ޔޫރަޕިއަން ޔޫނިއަންގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތްކުރި ވަގުތާއި ދިމާކޮށް ސިޔާސީ އެކިއެކި ފަރާތްތަކުން އިންތިޚާބުގެ ކަންކަމުގައި ކޮމިޝަނުން ކުރަމުންދާ މަސައްކަތުގެ އަސްލު އޮޅުވާލުމަށް މަސައްކަތްކުރަމުންދާކަމަށެވެ. އަދި އަންނަ ރިޔާސީ އިންތިޚާބުގެ ތަސައްވަރު ކިލަނބުކޮށްލުމުގެ ބޭނުމުގައި ހަޤީޤަތާއި ޚިލާފު ތަފާތު ވާހަކަތައް ބައެއް ފަރާތްތަކުން ދައްކަމުން ގެންދާކަމަށެވެ.
އަންނަ ރިޔާސީ އިންތިޚާބަކީވެސް ބައިނަލްއަޤްވާމީ ފަރާތްތަކުންނާއި ރާއްޖޭގެ އެކިއެކި ފަރާތްތަކަށް އޮބްޒާވުކުރުމުގެ ފުރުޞަތު ދެވިގެނއ ކުރިޔަށް ގެންދާ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހެދުމަށް ކުރަމުންދާ މަސައްކަތަތުގައި ދެމިތިބޭނެކަމުގެ ޔަޤީންކަންދޭކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އަދި އެ ކޮމިޝަންގެ މަސައްކަތްތަކާއި ގުޅޭ ގޮތުން ހަޤީޤަތް އޮޅުވާލާ ދޮގު މަޢުލޫމާތު ފެތުރުން ހުއްޓާލުމަށްވެސް އިކެލްޝަންސް ކޮމިޝަންގެ ނޫސްބަޔާނުގައި ގޮވާލާފައިިވެއެވެ.