ކުޅިވަރު

ޕީކޭ ނެތި ބާސެލޯނާ އޮލިމްޕިއާކޯސްއާ ދެކޮޅަށް


ގްރީސްގެ އޮލިމްޕިއާކޯސްއާ ދެކޮޅަށް ޗެމްޕިއަންސް ލީގުގައި މިރޭ ބާސެލޯނާ ކުޅޭ މެޗުގައި ނުކުޅެވޭ ކުޅުންތެރިންގެ ލިސްޓަށް ޖެރާޑް ޕީކޭ އިތުރުވެއްޖެއެވެ.

ސަސްޕެންޝަނުގެ ސަބަބުން އޭނާ އަށް މިރޭ ނުކުޅެވޭއިރު، ކެޕްޓަން އަންދްރޭސް އިނިއެސްޓާ އާއި، އޮސްމާނޭ ޑެމްބޭލޭ އާއި، އެލެކްސް ވިދާލް އަދި އަރްތޫރޯ ވިދާލް އަށް މި މެޗުގައި ނުުކުޅެވޭނެއެވެ.

އޮލިމްޕިއާކޯސް އަކީ ބާސެލޯނާގެ މިހާރުގެ ކޯޗު އެސްޓޯނިއޯ ވަލްވާޑޭގެ ކުރީގެ ޓީމެވެ. އޭނާ ބުނީ ބާސެލޯނާ ގޮވައިގެން އޭނާ މިރޭގެ މެޗަށް ނުކުތް ނަމަވެސް ސަޕޯޓަރުންގެ ފަރާތުން ރަނގަޅު މެހުމާންދާރީއެއް ލިބޭނެ ކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރާ ކަމަށެވެ. އަދި އެތައް ދުވަހަކަށް ފަހު އޮލިމްޕިއާކޯސްގެ ދަނޑަށް އާދެވުމަކީ އޭނާ އަށް ވަރަށް އުފާވެރި އިހުސާސްތަކެއް ކުރެވޭ ކަމެއް ކަމަށެވެ.

މިރޭގެ މެޗުން މޮޅުވެއްޖެނަމަ ބާސެލޯނާ އަށް ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ޖާގަ ލިބޭނެއެވެ.