ކުޅިވަރު

ބަލިވީ ކޮންސެންޓްރޭޝަން ދަށްވެގެން - ޒިދާން


އަލަށް ޕްރޮމޯޓްވި ޖިނޯރާ އަތުން 2-1 ން ބަލިވީ ކޮންސަންޓްރޭޝަން ދަށްވެގެން ކަމަށް ރިއަލްމެޑްރިޑްގެ ކޯޗު ޒައނުއްދީން ޒިދާން ބުނެފިއެވެ. 

އޭނާ ބުނީ މިއީ ރެއާލްގެ ކޯޗުކަމާ ހަވާލިވިތާ ތިން އަހަރު ތެރޭގައި މިހާތަނަށް އެންމެ ހައިރާންވި މެޗު ކަމަށެވެ. އެކަމަކު އޭނާ އާއި ދުނިޔެ މި ބަލިވުމުން ހައިރާންވީ ރެއާލް މެޑްރިޑް މޮޅަށް ކުޅެ ފުރުސަތު ހޯދާ ގޯލު ނުޖެހިގެން ބަލިވުމުން ކަމަށެވެ. ޒިދާން ބުނީ ޖިނޯރާގެ ފުރަތަމަ ގޯލަކީ ވެސް އޭނާގެ ޓީމަށް ވިސްނާނުލެވި ތިއްބާ ޖެހި ގޯލެއް ކަމަށާއި ފަހުން ކުޅުންތެރިން ވަރަށް މަސައްކަތް ކުރި ނަމަވެސް ނަސީބު އެހީނުވީ ކަމަށެވެ. 

މި މެޗަކީ މިދިޔަ 30 އަހަރުގެ ތާރީހުގައި އަލަށް ޕްރޮމޯޓްވި ޓީމެއްގެ އަތުން ރެއާލް ބަލިވި ފުރަތަމަ މެޗެވެ. އަދި މިއީ 1930ގެ ފަހުން ޖިނޯރާގެ އެންމެ ބޮޑު ކާމިޔާބު ވެސްމެއެވެ. މި މެޗުން ބަލިވުމުން ރެއާލް މެޑްރިޑް އޮތީ 20 ޕޮއިންޓާއެކު ތާވަލުގެ ތިން ވަނާގައެވެ. މިއީ އެއްވަނާގައިވާ ބާސެލޯނާއަށްވުރެ އަށް ޕޮއިންޓް މަދު އަދަދެކެވެ.