ކުޅިވަރު

17 އަހަރުން ދަށުގެ ވޯލްޑް ކަޕުގެ ފައިނަލަށް އިންގްލޭންޑާއި ސްޕޭން


އިންޑިޔާގައި މިހާރު ކުރިއަށްދާ ފިފާ 17 އަހަރުނަ ދަށުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ސްޕޭނާއި އިނގިރޭސިވިލާތް ޖާގަ ހޯދައިފިއެވެ. 

އިނގިރޭސިން ފައިނަލުން ޖާގަ ހޯދީ މަޝްހޫރު ބްރެޒިލް 3-1 ން ބަލިކޮށްގެންނެވެ. ސްޕޭން ފައިނަލަށް ދަތުރުކުރީ މާލީ 3-1 ން ބަލިކޮށްގެންނެވެ. މި ނަތީޖާއާއެކު މިއީ މާލީ މުބާރާތުގެ ފައިނަލަށް ނުގޮސް ޖެހިޖެހިގެން ކެޓި ދެ ވަނަ ފަހަރެވެ. މިހެންވެ މުބާރާތުން މެޑެއްޔެއް ހޯދުމަށް އެ ޓީމަށް ބާކީ ދެން އޮތީ އެންމެ ފުރުސަތެކެވެ. އެއީ ހޮނިހިރު ދުވަހު ކުޅޭ ތިން ވަނަ ހޯވާ މެޗުގައި ބްރެޒިލް ބަލިކުރުމެވެ.

 ފީފާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕަކީ އިންޑިޔާގެ ފުޓްބޯޅަ އަށް ދިރުން ގެނައުމަށާއި އޭޝިޔާގައި ފުޓްބޯޅަ ގަދަ ކުރުމަށް އިންޑިޔާ އަށް އިސްކަންދީގެން ބާއްވާ މުބާރާތެކެވެ. ނަމަވެސް އިންޑިޔާ މުބާރާތުން ކެޓީ ފުރަތަމަ ބުރުންނެވެ.