ޚަބަރު

އައިޑޮލް ސީޒަން3 ގެ ޓައިޓްލް ސްޕޮންސަރ އަކަށް ދިރާގު!


މޯލްޑިވިއަން އައިޑޮލް ސީޒަން 3 ގެ ޓައިޓްލް ސްޕޮންސަރ އަކަށް ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި ދިރާގު ހަމަޖައްސައި އެކުންފުންޏާއެކު މިއަދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަނާއި ދެވަނަ ސީޒަނުގެ ޓައިޓްލް ސްޕޮންސާއަކީ ވެސް ދިރާގެވެ.މިއަދު ދިރާގު މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ދިރާގުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އިސްމާއީލް ރަޝީދެވެ. އަދި ޕީއެސްއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑައިރެކްޓާ އިބްރާހިމް ހަލީލެވެ. 

އައިޑޮލްގެ ދެވަނަ ސީޒަންގެ މެއިން ސްޕޮންސަރުންނަކީ އެލައިޑް އިންޝުއަރެންސް އާއި ލޮޓަސް އާއި އެސްޓީއޯ އާއި މޯލްޑިވިއަން އެވެ. ކޯ ސްޕޮންސަރުންނަކީ އަލޯރާ، އީވޯ، އަލް މުދިޝް، ސްނިކާސް، ސިމްޑީ ގްރޫޕް، ވިލާ ކޮލެޖެވެ.

މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދެއެއް ކާމިޔާބުކޮށްފައިވަނީ މުހައްމަދު ތަސްނީމް (ބޮބް) އެވެ. އަދި ފުރަތަމަ ސީޒަން ކާމިޔާބުކޮށްފައިވަނީ ލައިޝާ ޖުނައިދު އެވެ.