ޚަބަރު

އިންނަމާދޫން މީދުއަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ފަރަށް އަރައިފި


ރ.މީދޫ ކައިރީގައި އޮންނަ ޅާމުގަލި ކިޔާ ފަރަކަށް ދޯންޏެއް އެރުމާ ގުޅިގެން އެމްއެންޑީއެފުން ޙަރަކާތްތެރިވަމުން އެބަދެއެވެ.

މި ދޯނީގައި 22 މީހުން ތިބިކަމަށާ، އޭގެ ތެރޭގައި ކުޑަކުއްޖަކާއި 12 އަންހެނުންނާއި 9 ފިރިހެނުން ހިމެނޭކަމަށް އެމްއެންޑިއެފުން މަޢުލޫމާތުދެއެެވެ.

މި ހާދިސާގައި، ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. މި ދޯންޏަކީ އިންނަމާދޫން މީދުއަށް ދަތުރުކުރަމުންދިޔަ ދޯންޏެއްކަމަށްވެސް އެމްއެންޑީއެފުންމަޢުލޫމާތުދެއެވެ.

ދޯނީގައި ތިބި މީހުން ކޯސްޓްގާރޑް އުޅަނދެއްގައި އިންނަމާދުއަށް ގެންދިއުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ.