ޚަބަރު

ރައީސް، މީދޫ މަސްޖިދުލް ޢަވްވާބީން ރަސްމީކޮށްހުޅުއްވައިދެއްވައިފި


ރައީސުލްޖުމްހޫރިއްޔާޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ރ. މީދޫ މަސްޖިދުލް ޢަވްވާބީން ރަސްމީކޮށްހުޅުއްވައިދެއްވައިިފިއެވެ.

"މަސްޖިދުލްޢަވްވާބީން" އަކީ 700 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މިއީ ސަޢޫދީރަސްގެފާނުގެ ހިލޭ އެހީގެ ދަށުން ބިނާކޮށްފައިވާ މިސްކިތެކެވެ.

މިސްކިތް ހުޅުއްވާދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ މިސްކިތުގައި މިއަދު ކުރެވުނު އަޞްރު ނަމާދުގެ ޖަމާޢަތުގައިބައިވެރިވެ ވަޑައިގެންފައެވެ.