ކުޅިވަރު

ދަގަނޑޭގެ ވޯޓް ރޮނަލްޑޯއަށް


ފީފާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި ކޯޗު ހޮވަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޒައިނުއްދީން ޒިދާނަށް ރާއްޖޭގެ ޤައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ވޯޓުދީފިއެވެ.

މޮޅު ކުޅުންތެރިޔާ ހޮވަން ދަގަނޑޭ ދެ ވަނަ އަށް ނަގާފައިވަނީ ލަޔޮނަލް މެސީއެވެ. ތިން ވަނަ ދީފައިވަނީ ޔުވެންޓަސްގެ ކީޕަރު ޖިއާން ލުއިޖީ ބުފަން އަށެވެ.

މޮޅު ކޯޗަކަށް ދަގަނޑޭގެ ވޯޓު ޒިދާނަށް ދީފައިވާއިރު، ދެ ވަނަ ދީފައިވަނީ ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އަށެވެ. ތިން ވަނަ ދިނީ މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ އަށެވެ.

ރާއްޖޭގެ ޤައުމީ ކޯޗު ޑަރެން ސްޓެވާޑް ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ހޮވަން އެއްވަނަ ދިނީ ރޮނާލްޑޯ އަށެވެ. ދެ ވަނަ މެސީ އަށް ދީފައިވާއިރު، ތިން ވަނަ ކުޅުންތެރިއަކަށް ކޯޗު ނަގާފައިވަނީ ރެއާލް މެޑްރިޑުގެ ލޫކާ މޮޑްރިޗެވެ.

ގައުމީ ކޯޗު އެންމެ މޮޅު ކޯޗަކަށް ވޯޓުދިނީ ޒިދާން އަށެވެ. ދެ ވަނަ ޖަރުމަނުގެ ކޯޗު ޖޯހިމް ލޯ އަށެވެ. ތިން ވަނަ ޗެލްސީގެ ކޮންޓޭ އަށެވެ.