ކުޅިވަރު

ޑޯޓްމުންޑަށް މޮޅު ނުވެވުމުގެ ފައިދާ ނަގައި ބަޔާން އަރާ ހަމަކޮށްފި


ޖަރުމަނުގެ ބުންޑަސް ލީގާގައި ރޭ ބޮރޯޝިއާ ޑޯޓްމަންޑަށް މޮޅު ނުވެވުމުގެ ފައިދާ ނަގައި ބަޔާނުން ޑޯޓްމަންޑާއި އަރާ ހަމަކޮށްފިއެވެ. 

ބުންޑަސް ލީގާގައި ރޭ ޑޯޓްމުން އެއްވަރުވަރުވީ އެއިންޓްރެޗް ފްރޭންކްފާޓާއި ވާދަކޮށް 2-2ން ނަތީޖާއަކުންނެވެ. މެޗުގައި ފުރަތަމަ ދެ ގޯލްވެސް ޖެހީ ޑޯޓްމުންޑުންނެވެ. ފުރަތަމަ ލަނޑު ނުރީ ސާހިން ޖަހައިދިންއިރު ޑޯޓްމަންޑުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެކްސިމިލިއަން ފިލިޕެވެ. މެޗްގެ ފަސްދޮޅަސް ހަތަރުވަރަނަ މިނިޓްގައި ފްރެންކްފާޓަށް ލިބުނު ޕެނަލްޓީއަކުން ސެބަސްޓިއެން ހަލާރ ވަނީ ގޯލެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މެޗުން ޑޯޓްމަންޑް މޮޅުވާން ދަނިކޮށް މަރިއަސް ވޮލްފް ވަނީ ފްރެންކްފާޓް ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. 

ލީގުގައި ރޭ ބަޔާން މިޔުނިކް އަދި ހަމްބާރގް ބައްދަލުކުރި މެޗު 1-0 ކާމިޔާބުކުރީ ބަޔާނުންނެވެ. މެޗުގައި ބަޔާނުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ކޮރެންޓިން ޓޮލިއްސޯއެވެ.

މި މެޗުން ބަޔާން މޮޅުވުމުގެ ސަބަބުން ތާވަލްގެ އެއްވަނައިގައި އޮތް ޑޯޓްމަންޑް އާ ޕޮއިންޓުގެ ގޮތުންވަނީ އެއްވަރުވެފައެވެ. އެހެންނަމަވެސް ޑޯޓްމަންޑަށް އެއްވަނަ ލިބެނީ ގޯލްގެ ތަފާތުންނެވެ. 

ބުންޑަސް ލީގާގައި ލީޕްޒިގް އަދި ސްޓުޓްގާޓް ކުޅުނު މެޗުން ލީޕްޒިގަށް ލިބުނީ ހަނި މޮޅެކެވެ. މި މެޗްގައި ލީޕްޒިގް އިން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ މާސެލް ސަބިޓްޒާރއެވެ.