ކުޅިވަރު

ފީފާ ރޭންކިންގައި ރާއްޖެ ދެ ދަރަޖަ ފަހަތަށް


ރޭ ނެރުނު ފީފާ ރޭންކިންގައި ރާއްޖެ ދެ ދަރަޖަ ފަހަތަށް ވެއްޓިއްޖެއެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ ތަރުތީބު ލިސްޓުން މިހާރު ރާއްޖެ އަށް ލިބެނީ 156 ވަނައެވެ. ސާކް ސަރަހައްދުން އެއްވަނާގައިވަނީ އިންޑިޔާއަށެވެ. އެއީ ދެ ދަރަޖައިގެ ކުރިއެރުމަކާއެކު 105 ވަނާގައެވެ. ރާއްޖެ އަށްވުރެ ކުރީގައި ދެން އޮތީ 154 ވަނާގައި އޮތް އަފްގާނިސްތާނެވެ. އެ ގައުމު ވަނީ ހަތަރު ދަރަޖައިގެ ކުރިއެރުމެއް ހޯދާފައެވެ.

ފީފާ ރޭންކިންގައި އިންޑިޔާ އާއި އަފްގާނިސްތާން ފިޔަވައި ސާކުގެ އެހެން ގައުމުތައް މިފަހަރު ދިޔައީ ދަށަށެވެ. ނޭޕާލަށް ލިބިފައިވަނީ 176 ވަނައެވެ. 16 ދަރަޖަ ފަހަތަށް ވެއްޓި ބޫޓާން އޮތީ 190 ވަނާގައެވެ. އެއަށްވުރެ ފަހަތުގައިވަނީ 198 ވަނާގައި އޮތް ސްރީލަންކާ އާއި 196 ވަނާގައި އޮތް ބަނގްލަދޭޝް އާއި 201 ވަނާގައި އޮތް ޕާކިސްތާނެވެ. މީގެ ތެރެއިން ސިޔާސީ މައްސަލަތަކާހުރެ ޕާކިސްތާން ފެޑަރޭޝަން ވެސް މިހާރު އޮތީ ފީފާއިން ސަސްޕެންޑްކޮށްފައެވެ.

ފީފާ ރޭންކިންގެ ދުނިޔޭގެ އެއްވަނާގައިވަނީ ޖަރުމަނެވެ. ދެ ވަނަ ބްރެޒިލަށް ލިބުނުއިރު އިނގިރޭސިން ލައްވާލީ 12 ވަނާގައެވެ. އޭޝިޔާއިން އެއްވަނާގައިވަނީ އިރާނަށެވެ. އެގައުމު އޮތީ ދުނިޔޭގެ 34 ވަނާގައެވެ.