ކުޅިވަރު

ވައި 18 ކުޅިވަރު ފިއެސްޓާ ޑިސެމްބަރަށް ފަސްކޮށްފި


ވައި އެއިޓީން ސްޕޯރޓްސް ފިއެސްޓާ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ފަށަން ފަސްކޮށްފިއެވެ. 

މުބާރާތުގެ އޮގަނައިޒިންގ ކޮމިޓީން މައުލޫމާތުދެއްވި ގޮތުގައި ފިއެސްޓާ ފަސްކުރީ ނޮވެމްބަރު މަހު އަތޮޅު ތެރޭގައި ކްލަބް ޖަމްއިއްޔާތަކާއި، ކައުންސިލްތަކުން އަދި އަމިއްލަ ބައެއް ފަރާތްތަކުން ރާވާ ހިންގާ ގިނަ ކުޅިވަރުގެ މުބާރާތްތަކެއް ތާވަލްކޮށްފައި ހުރުމުންނެވެ. އެހެން މުބާރާތްތައް ތާވަލްކޮށްފައި ހުރުމުން ފިއެސްޓާ ފަސްކޮށްދިނުމަށް ގިނަ ރަށްތަކަކުން އެދެމުންދާތީ ފަސްކުރަން ނިންމެވީކަމަށް އޮގަނައިޒިންގ ކޮމިޓީގެ ޗެއަރމަން ނައިފަރު ދާއިރގެ މެމްބަރ އަހުމަދު ޝިޔާމް ވިދާޅުވިއެވެ.

 މުބާރާތް ފަސްކުރުމުން މުބާރާތުގައި ބައިވެރިވުމުގެ އިތުރު ފުރުޞަތެއްވެސް ވަނީ ދީފައެވެ. މިމަހުގެ ނިޔަލަށް ބައިވެރިވުމުގެ ފުރުޞަތު އޮތީ ޓީމް ލިސްޓާއެކު ޓީމް ރަޖިސްޓްރީ ކުރަންވެސް ހުށައަޅާނަމައެވެ. ކުރިން ދިން މުއްދަތުގައި ޓީމް ރަޖިސްޓްރީ ނުކޮށް ހަމައެކަނި ރަޖިސްޓްރީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އޮތެވެ.

" މުބާރާތް ފަސްކުރަން އަޅުގަނޑުމެން މިނިންމީ ނޮވެމ،ްބަރު މަހު އަތޮޅު ތަކުގައި އެހެން ގިނަ މުބާރާތްތަކެއް ހުރުމުން، ރަށްރަށުން އެދެމުންދާތީ. ރަށްރަށުން އެދޭ ކަންތައްތަކަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލަން. " އޮގަނައިޒިންގ ކޮމިޓީގެ ޗެއަރމަން އަހުމަދު ޝިޔާމް ވިދާޅުވިއެވެ.