އަންހުން ބާރުވެރި ކުރުވުމަށް، 'އަންހެނުންނާއި އެކު ތަރައްގީ' މި ޝިޢާރުގެ ދަށުން ޕީޕީއެމްއިން ކުރިއަށް ގެންދިޔަ ޕްރޮގްރާމް ނިންމާ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.
ރުމާލު ދޭއް ޖަގަހާގައިގަ ބޭއްވި ހަފްލާއެއްގައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރެވެ. މި ޕްރޮގްރާމްގައި ތަފާތު ދާއިރާތަކުން އަންހެނުންނަށް ކުރެވިދާނެ މަސައްކަތްތަކާއި އެ މަސައްކަތް ކުރާއިރު އަންހެނުންގެ ރޯލު އަދާކުރާނެގޮތް ދަސްކޮށްދީފައިވެއެވެ. މި ހަފްލާގައި ވާހަކަދައްކަވަމުން ހޮޅުދޫ ދާއިރާގެ މެމްބަރ އަލީ މުޙައްމަދު ވިދާޅުވީ ޕީޕީއެމްގެ ހަގީގީ ދިރުމަކީ އަންހެން ބޭފުޅުން ކަމަށެވެ. އަދި އެކަމަށް އޭނާ ވަނީ ޕީޕީއެމްގެ އަންހެން މެމްބަރުންނަށް ޝުކުރު އަދާކޮށްފައެވެ.
ރައީސް ޢަބްދުﷲ ޔާމީން ޤައުމަށް ގެނެސްދެއްވަމުން އަންނަ ތަރައްގީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަލީ މުޙައްމަދު ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ ގައުމުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް ކަމަށެވެ. އަދި ވެރިކަމަށް ހަތަރު އަހަރު ފުރޭއިރު މިއަދު އެ މައްސަލަތައް ހައްލުވަމުން އަންނަ ކަމަށް އަލީ މުޙައްމަދު ވިދާޅުވިއެވެ. އަލީ މުޙައްމަދު ވަނީ ރައީސް ޔާމީން އިސްލާމްދީން ޙިމާޔަތް ކުރުމަށް ކުރައްވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވާ ވާހަކަދައްކަވާފައެވެ.
މި ހަފްލާގައި ރައްޔިތުން މަޖިލީހުގެ މެމްބަރުންނާއި ވަޒީރުންނާއި ޕީޕީއެމްގެ އާންމު މެމްބަރުންވަނީ ބައިވެފައެވެ.