ކުޅިވަރު

މެސީ އަށް ތިން ވަނަ ދަރިއަކު ލިބެނީ!


ިޒީ ހަފުތާއަކަށް ފަހު އާއިލާ އާއި ލޯބިވެރިންނާއެކު ވަގުތު ހޭދަކުރުމަކީ ގިނަބައެއްގެ އާދައެކެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލަޔޮނަލް މެސީ އަކީ މިފަދައިން ކަންކުރާ ޝަހުސިއްޔަތެކެވެ.

1970ގެ ފަހުން ފުރަތަމަ ފަހަރަށް އާޖެންޓީނާ ވޯލްޑް ކަޕަށް ކޮލިފައިނުވާނެ ކަމުގެ ބިރު ހީވެ ނޭވާ ހޮޅިއަށް އެޅިފައިވަނިކޮށް އިކުއެޑޯ ކޮޅަށް ހެޓްރިކް ހަދައި އަންނަ އަހަރު ރަޝިޔާގައި ބާއްވާ ވޯލްޑް ކަޕަށް އާޖެންޓީނާ ކޮލިފައިކޮށްދިން މީހަކީ މެސީއެވެ. 

ނަމަވެސް މިވާހަކައަށްވުރެ ބޮޑަށް މެސީ އަށް މިހާރު ސަމާލުކަން ލިބިފައިވަނީ އިންސްޓަގްރާމުގައި އޭނާ އާއްމުކޮށްފައިވާ ފޮޓޯއަކާ ހެދިއެވެ. ދެ ދަރިންނާއެކު މެސީ އާއްމުކުރި ފޮޓޯ އަށް އެއްގަޑިއިރު ތެރޭގައި ވަނީ އެއްމިލިއަން މީހުން ލައިކްކޮށްފައެވެ.

މިއަށްވުރެ ބޮޑަށް ގިނަ ބަޔަކު މިހާރު ޝައުގުވެރިވެފައިވަނީ މެސީގެ އަންހެނުން އެންޓޮނެއްލާ އާއްމުކުރި ފޮޓޯ އަށެވެ. މި ފޮޓޯއިން ފެންނަނީ މެސީ އާއި އޭނާގެ ދެ ދަރިން އެންޓޮނެއްލާގެ ބަނޑުގައި އަތްޖައްސައިގެން ތިބި މަންޒަރެވެ. މާނައަކީ މެސީގެ ކުޑަކުޑަ އައިލާ އަށް ތިން ވަނަ މެމްބަރަކު އަންނަން ތައްޔާރުވެއްޖެކަމުގެ ޚަބަރެވެ.

މިހެންވެ ނިމިދިޔަ ހަފުތާއަކީ މެސީ އަށް އުފާފާގަތި ހަފުތާއެކެވެ. އޭނާ އަށް މިހާތަނަސް ލިބިފައިވަނީ ދެ ފުރިހެން ކުދިންނެވެ. މިހެންވެ މެސީ މިހާރު އިންތިޒާރު ކުރަމުންދަނީ އަންހެން ދަރިއަކަށެވެ. އެކަމަކު އަންހެނުން ބަލިވެ އިން ހަބަރުގެ ތަފްސީލު މެސީގެ އާއިލާއިން އަދި ވަނީ ސިއްރުކޮށްފައެވެ.