ޚަބަރު

އެސްޓީއޯގެ ތެޔޮ ބޯޓެއް ފަރަށް އަރައިފި


އެސްޓީއޯގެ ތެޔޮ ބޯޓެއް ފަރަށް އަރައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ. 

އެމްއެންޑީއެފުން ވިދާޅުވީ ޅ.ނައިފަރު ކައިރި އޮތް ފަރަކަށް އަރާފައިވަނީ އެސްޓީއޯގެ ގުރާބު ނަމަކަށް ކިޔާ ބޮޑު ތެޔޮ ބޯޓެއްކަމަށެވެ. އެބޯޓުގައި 12 މީހުން އެބަތިބިކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.

ބޯޓު ފަރަށް އެރިކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 6:15 ހާއިރުކަމަށާއި ޕެޓްރޯލް ހިފައިގެން މިބޯޓު ދަތުރުކުރަމުންދިޔައީ ށ.މިލަންދޫ އިން ފުރައިގެން މާލެއަށްކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތުދެއްވައެވެ.