ޚަބަރު

ސަޕްލައި ފެނުގައި އެއްވެސް މައްސަލައެއް ނޫޅޭ- އެމްޑަބްލިއުއެސްސީ


މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީ އިން ދޫކުރަމުންދާ ސަޕްލައި ފެނުގައި މައްސަލައެއް އުޅޭކަމަށްބުނެ ފަތުރެމުންދާ ވާހަކައަކީ ޙަގީގަތާ ޚިލާފު ވާހަކައެއްކަމަށް އެކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެމުންބުނީ ސަޕްލައި ފެނުގައި ކްލޮރިންގެ ވަސް ގަދަވެ އުނދަގޫވާކަމަށްބުނެ ބައެއްމީހުން ޝަކުވާކޮށްފައިވާކަމަށެވެ. އަދި އެކަން އެމްޑަބްލިއުއެސްސީގެ ޓެކްނިކަލް ފަރާތްތަކުން ބަލައި ޓެސްޓްތައް ކޮށްފައިވާކަމަށާއި، ނަމަވެސް އެއްވެސް ނުރައްކަލެއް ފެނުން ފެނިފައިނުވާކަމަށެވެ.

ކްލޮރިން ބޭނުންކޮށްފައިވަނީ ބޭނުންކުރަންޖެހޭ މިންވަރަށް ކަމަށާ، މިކަމުގައި ކަންބޮޑުވާންޖެހޭ އެއްވެސް މައްސަލައެއް ނެތްކަން އެ ކުންފުނިން ފާހަގަކުރެއެވެ.