ކުޅިވަރު

ބޮޑު މޮޅަކާއެކު ސިޓީ އެއްވަނާގަ


ސްޓޯކް ސިޓީ 7-2 ން ބަލިކޮށް، މެންޗެސްޓާ ސިޓީ އިނގިރޭސި ޕްރެމިއާ ލީގޫގެ ތާވަލުގެ އެއްވަނަ އަށް ޖެހިލައިފިއެވެ.

މި މޮޅާއެކު ސިޓީ އަށް އެއްވަނަ ލިބެނީ ދެ ޕޮއިންޓްގެ ލީޑަކާއެކުއެވެ. ސިޓީ އަށް 22 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނާގައިވާ މެންޗެސްޓާ ޔުނައިޓެޑަށް ލިބެނީ 20 ޕޮއިންޓެވެ.

ރޭގެ މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ގައުމީ ޓީމުތަކަށް ކުޅުންތެރިން ވީއްލުމަށްފަހު އެނބުރި އައިސް ޓީމާއެކު ފަރިތަކުރަން ކުޅުންތެރިންނަށް ވަގުތު ނުލިބޭތީ އޭނާ ބޭނުންވީ ރަނގަޅު ފެށުމެއް ކަމަށެވެ. ތަފާތު ބޮޑު ނަތީޖާއަކަށް ނުވިސްނާ ކަމަށާއި، ނަމަވެސް މެޗުގައި ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ އޭނާ އުއްމީދުކުރި ވަރަށްވުރެ އަވަސް އަދި ވަރުގަދަ ކުޅުމެއް ކަމަށެވެ. އަދި މިއީ އޭނާގެ ކޯޗުކަމުގައި ސިޓީ ކުޅުނު އެންމެ ރަނގަޅު މެޗު ކަމަށް ވެސް ގާޑިއޯލާ ބަނީ ބުނެފައެވެ.

މެޗަށް ފަހު ސްޓޯކްގެ ކޯޗު މާކް ހިއުސް ބުނީ އޭނާގެ ޓީމަށް ހިފަހައްޓާލެވޭވަރަށްވުރެ ސިޓީ މާވަރުގަދަ ކަމަށެވެ.