ރިޕޯޓް

އުސްފަސްގަނޑު ހެލިޕޭޑާއެކު، ބަލިމީހުން އަވަސް ފަރުވާ!


ފާއިތުވި ދުވަސްތަކުގައި ރާއްޖޭގެ އެކި ރަށްރަށުން ޙާލުބޮޑުވެގެން ބަލިމީހުން މާލެއަށް ބަލިމީހުންގެނައުމުގައި ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާންޖެހެއެވެ. 

ރައްޔިތުންނަށް ފުރިހަމަ ސިއްޙީ ޚިދުމަތެއް ފޯރުކޮށްދިނުމަށް ސަރުކާރުން ފަށްޓަވާފައިވާ މަސައްކަތްތަކުގެ ތެރެއިން ރަށްރަށުން މާލެއަށް ގެންނަންޖެހޭ ބަލިމީހުން ގެނައުމުގައި މިވަނީ ފަސޭހަ ގޮތްތަކެއް ފަހިކޮށްދީފައެވެ. 

މާލޭގެ އުސްފަސްގަނޑު ސަރަޙައްދުގައި ހެލިކޮޕްޓަރު ޖެއްސޭނޭހެން ހެލިޕެޑެއް ޤާއިމްކޮށް، އެ ސަރަޙައްދުގައި އެމްއެންޑީއެފް ގެ ހެލިކޮޕްޓަރު ޖެއްސޭގޮތަށް ސަރުކާރުން ހަމަޖެއްސުން ވެގެންދިޔައީ، ފެންވަރުރަނގަޅު ސިއްޙީ ޚިދުމަތް އަވަހަށް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަށް ލިބުނު އިތުރު ފުރިހަމަކަމަކަށެވެ. 

މިއީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެމަތިން ހަމަޖެއްސެވި ކަމެއްކަމަށް އެންއެންޑީއެފުން މަޢުލޫމާތުދެއެވެ. ހެލިޕެޑް ބޭނުންކުރަންފެށުމުން އެކި ރަށްރަށުން ކަނޑުމަގުންނާއި، ވައިގެމަގުން ހުޅުލެއަށް ގެންނަ ޙާލުދެރަ ބަލިމީހުން، ފެރީގައި މާލެ ގެނައުމުގެ ތަކުލީފަށް ވަރަށް ބޮޑު ލުޔެއްވަނީ ލިބިފައެވެ. އެގޮތުން ރަށްރަށުން އެމްއެންޑީއެފް ގެ ހެލިކޮޕްޓަރުގައި ބަލިމީހާ ސީދާ މާލެއަށް ގެނެސް، ހެލިޕެޑް ސަރަޙައްދުން އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންދިއުމުން ބަލިމީހުންނަށް އަވަހަށް ފަރުވާދެވޭނެ ފުރުސަތު ލިބެއެވެ. 

ހެލިޕެޑުގައި ހެލިކޮޕްޓަރ ޖައްސާގަޑީގައި އެވަގުތު އެސަރަޙައްދު ބޭނުންކުރަމުންދާ ފަރާތްތަކުގެ ރައްކާތެރިކަމާއި ސަލާމަތަށްޓަކައި އެމްއެންޑީއެފް ގެ ބޭފުޅުން ޙަރަކާތްތެރިވެއެވެ. އަދި ދިމާވެދާނެ ނުރައްކާތެރިކަމަކުން ސަލާމަތްވުމަށްޓަކައި ފަޔަރ އެންޑް ރެސްކިއު ތައްޔާރީ ޙާލަތުގައި އެސަރަޙައްދުގައި ޙަރަކާތްތެރިވެއެވެ. 

13 ސެޕްޓެމްބަރ 2017 ގައި ހެލިޕެޑް ހުޅުވައި ޚިދުމަތްދޭންފެށިފަހުން މިހާތަނަށް ވަނީ 5 މީހަކު ޙާލުބޮޑުވެގެން ހެލިކޮޕްޓަރުގައި ސީދާ މާލެގެނެސް، ފަރުވާދީފައެވެ. މި ޚިދުމަތަކީ އެމް.އެން.ޑީ.އެފާއި ސިއްޙީ ދާއިރާ ގުޅިގެން ކުރިއަށްގެންދާ މުހިންމު ޚިދުމަތެކެވެ.