ޚަބަރު

ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީއަކަށް ޖާވިދު


ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކެރެޓަރީގެ މަޤާމަށް ކުރީގެ ރައީސް މުޙައްމަދު އަމީން ދީދީ މުނިކާފަ ދަރިކަލެއްކަމަށްވާ އަމީން ޖާވިދު ފައިސަލް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން މިއަދު ޢައްޔަންކުރައްވައިފިއެވެ.

އަމީން ޖާވިދު ފައިސަލް އަކީ ރާއްޖޭގެ ޚާރިޖީ ދާއިރާގައި މުހިންމު މަސައްކަތްތަކެއް މީގެ ކުރިންވެސް ކުރައްވާފައިވާ، ޚާރިޖީ ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި އދގެ ރާއްޖޭގެ މިޝަންއާއި ހިއުމަންރައިޓްސް އާ ގުޅޭ ބައިނަލްއަޤްވާމީ ކެމްޕެއިނެއްގައިވެސް މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

އަމީން ޖާވިދު ފައިސަލަކީ ކުރީގެ ރައީސް މުޙައްމަދު އަމީން ދީދީގެ ދަރިކަނބަލުން އަމީނާ މުޙައްމަދު އަމީންގެ ދޮށީ ދަރިކަލުންގެ އެންމެ ދޮށީ ބޭފުޅާއެވެ. އަދި ޖާވިދަކީ ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީގެ ފިރިކަލުންވެސް މެއެވެ.