ޚަބަރު

މުހިންމު ގިނަ ޚިދުމަތްތަކަކާއެކު ޕާސްޕޯޓް ކާޑް ތަޢާރަފް ކޮށްފި


ބައިނަލްއަޤުވާމީ ދަތުރުތަކުގައި މިހާރު ބޭނުންކުރަމުން އަންނަ ދިވެހި ޕާސްޕޯރޓްގެ ބަދަލުގައި ބޭނުންކުރުމަށް، ޕާރސްޕޓް ކާޑް ރާއްޖެއަށް ތަޢާރަފްކޮށްފިއެވެ.

މި ކާރޑް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމެވެ. 

އަލަށް އިފްތިތާޙްކުރި މި ކާޑް ބައިނަލްއަޤުވާމީ ދަތުރުތަކުގެ އިތުރުން އެތެރޭގެ އުދުންތަކުގައިވެސް ބޭނުންކުރެވޭނެއެވެ. އަދި އޭޓީއެމުން ފައިސާ ނެގުމާއި ޑްރައިވިން ލައިސަންސްގެ އިތުރުން ވިޔަފާރިކުރުމުގައިވެސް މި ކާޑް ބޭނުންކުރެވޭނެކަމަށް އިމިގްރޭޝަނުން ބުނެއެވެ. ފޮލީ ކާރބަން މެޓީރިއަލް ތައްޔާރުކޮށްފައިވާ މި ކާރަޑް ބޭނުންވާ އެހެނިހެން ޚިދުމަތްތައްވެސް އިތުރުކުރެވޭނެކަމަށްވެސް އިމިގްރޭޝަމުން ބުނެއެވެ.

ރާއްޖެއަށް އަލަށް ތަޢާރަފްކުރި ޕާސްޕޯޓް ކާޑަކީ ސެކިއުރިޓީ ފީޗަރސް ވަރުގަދަ ކާޑެއްކަމަށާއި މި ކާޑްގައި އޭގެ ވެރިފަރާތުގެ ހުރިހާ މަޢުލޫމާތެއް ހިމެނޭނެކަމަށްވެސް އިމްގިރޭޝަނުން ބުނެއެވެ.

މީގެ ފުރަތަމަ ކާޑް ރައީސުލްޖުމްހޫރިއްޔާ ޙަވާލުކޮށްދެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަންވަރެވެ.

އިމިގްރޭޝަނުން އަންނަނީ ރާއްޖެއަށް ފަހުގެ ޓެކްނޮލޮޖީތައް ތަޢާރަފްކުރަމުންނެވެ. އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި އީ ގޭޓް ތަޢާރަފްކުރުމާއި އިލެކްޓްރޯނިކް ޕާސްޕޯޓް ތަޢާރަފް ކުރުން ފާހަގަކޮށްލެވެއެވެ. އަދި ކިއުގައި ނުޖެހި ޕާސްޕޯޓް ހެދޭނެ އިންތިޒާމްތައްވެސް އިމިގްރޭޝަނުން ވަނީ ހަމަޖައްސާފައެވެ.