ވިޔަފާރި

މަނަދޫ، ވެލިދޫގައި ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޚިދުމަތް ފަށައިފި


ނ. މަނަދޫއާއި ވެލިދޫގައި ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޚިދުމަތް ދޭން ފަށައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މަނަދޫއާއި ވެލިދޫ ކައުންސިލް އިދާރާއިން ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޚިދުމަތް މިހާރު ލިބޭނެކަމަށެވެ. މަނަދޫއާއި ވެލިދޫން ލިބޭ ހިދުމަތްތަކުގެ ތެރޭގައި ވިޔަފާރިއާ ގުޅުންހުރި ނަން ފާސްކުރުމާއި، ވިޔަފާރި ރަޖިސްޓްރީކުރުމާއި، އިމްޕޯޓު ހުއްދަ ހޯދުމާއި އެސްއެމްއީ ރަޖިސްޓްރީކުރުން ހިމެނޭކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. އަދި މި ހިދުމަތްތައް ދެމުން ގެންދާނީ މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮށްކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

އާބާދީގައި ދެހާހަށްވުރެ ގިނަ މީހުން ދިރިއުޅޭ ރަށްރަށުގައި ބިޒްނަސް ޕޯޓަލް ސިސްޓަމް ޤާއިމްކުރެއްވުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ނިންމަވާފައެވެ. ރާއްޖޭގައި ވިޔަފާރިކުރުމަށް ފަހި މާޙައުލެއް ޤާއިމްކޮށް ވިޔަފާރީގައި އަމިއްލަ ފަރުދުންގެ ބައިވެރިވުން އިތުރުކޮށް ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތައް ތަރައްޤީކޮށް ކުރިއެރުވުމަށް މަގުފަހިކޮށްދިނުމަށް އިކޮނޮމިކް މިނިސްޓްރީން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.