ވިޔަފާރި

"ބޫޓް ފެއަރ" އަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލައިފި


ދުނިޔޭގެ އެންމެ ބޮޑު ޑައިވް ފެއަރ ކަމުގައިވާ "ބޫޓް ފެއަރ" އަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން އެމްއެމްޕީއާރުސީ ނެރެފައިވާ ބަޔާނެއްގައި ވަނީ ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލާފައެވެ. 

ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުގެ 3 ޖެހުމާ ހަމައަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

ރާއްޖޭގެ ރިސޯޓްތަކާއި، ހޮޓެލްތަކާއި، ޓްރެވެލް އެޖެންޓުންނާއި، ސަފާރީތަކާއި، ޓުއަރ އޮޕަރޭޓަރުން އަދި ގެސްޓަހައުސަތަކާއި، ޑައިވިންގގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަށް އަދި މި ނޫނަސް މިދާއިރަގައި މަސައްކަތްކުރާ ފަރާތްތަކަށް މި ފެއަރގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވަލާފައެވެ. 

ޑައިވިންގްއާ މޫދު ކުޅިވަރަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް އަމާޒްކޮށްގެން ބާއްވާ މި ފެއަރއަށް މިދިޔަ އަހަރު ދުއިސައްތަ ހާހަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވެއެވެ. މި ފެއަރ އޮންނާނީ ޖަރުމަނުގެ ޑަސަލްޑޯފްގައެވެ. 

އެމްއެމްޕީއާރުސީން ހާމަކުރާގޮތުގައި މި  ފެއަރ މެދުވެރިކޮށް، ރާއްޖޭގެ ކަނޑު އަޑީގެ ރީތިކަން އިތުރަށް އިޝްތިހާރުކޮށް، ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވުމަށް އެހީތެރިވެދޭނެއެވެ.