ކުޅިވަރު

އީސައަށް ޤައުމީ ޓީމުން ދުވަހަކުވެސް ފުރުސަތެއް ނުދޭނަން - ކޯޗު


ޤައުމީ ޓީމްގެ ކޯޗުކަމުގައި އޭނާ ހުރިހާ ދުވަހަކުމިޑްފިލްޑަރ އިސްމާއިލް އީސަ (މެސީ)އަށް ޤއުމީ ޓީމުން ފުރުސަތު ނުދޭނަކަމަށް ކޯޗުޑަރެން ސްޓެވާޓް ބުނެފިއެވެ. 

ޤައުމީ ޓީމްގެ ކޯޗު މިހެން ބުނެފައިވަނީ ޤައުމީ ޓީމްގެފަރިތަކުންތައް ދޫކޮށް ކުލަބުގެ ފަރިތަކުރުންތަކުގައި އިސްމާއިލް އީސަބައިވެރިވެފައިވާތީއެވެ. 

އީސަ އެންމެ ފަހުން ބައިވެރިވީ މިދިޔަ ހަފްތާގެ ހޯމަ ދުވަހުއޮތް ޤައުމީ ޓީމްގެ ފަރިތަކުރުންތަކުގައެވެ. އޭގެ ފަހުން އޭނާ ފެނުނީ ކުލަބުގެ ޕްރެކްޓިސްގައެވެ. މިކަމާއި ގުޅޭ ގޮތުން އީސަ މީޑިޔާގައި ބުނެފައިވަނީ އޭނާ އެގޮތަށްކަންކުރަން ނިންމީ އަމިއްލަ ސަބަބަކާއިހުރެކަމަށާއި، މިވަގުތަށް އެންމެ ރަނގަޅީ ޤައުމީ ޓީމަށް ނުދިޔުންކަމަށެވެ.

ޤައުމީޓީމު ދޫކޮށްދާން އީސަ ނިންމީ ކީއްވެތޯ އެހުމުން ކޯޗު ސްޓެވާޓް ބުނީ، އެއީ އީސަގެނިންމުމެއްކަމަށާއި، އޭނާ އެކަންކުރީ ކީއްވެކަމެއް ނޭނގޭކަމަށެވެ. 

އީސަ އެނބުރިޓީމާއި ގުޅެން ނިންމައިފިނަމަ އެފުރުސަތު އޮތްތޯ އެހުމުންވެސް ކޯޗުވަނީ އެކަމަށް ނޫނެކޭ ބުނެފައެވެ. ކޯޗު ބުނީ އޭނާ ޤައުމީ ޓީމުގައި ހުރިހާ ދުވަހަކު އީސަދުވަހަކުވެސް ޓީމަށް ނުނަގާނެކަމަށެވެ."އީސަ ޤައުމީ ޓީމް ދޫކޮށްލީ ކީއްވެކަމެއް ނޭނގޭ، އޭނައަށް ގުޅާފަ އަހާލާ، އަހަރެން ދުވަހަކުވެސް އޭނާއަށް ޓީމުން ފުރުސަތު ނުދޭނަން" ކޯޗު ބުންޏެވެ.