ދީން

ޑރ.ނަދީމް މެމޮން ރާއްޖެ ވަޑައިގެންފި


މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެން ކުރިއަށްގެންދާ ހުކުރު އުފާގެ މިހަފްތާގެ ދަރުސް ދެއްވުމަށް ހަމަޖެހިފައިވާ ޑރ.ނަދީމް މެމޮން ރާއްޖެ ވަޑައިގެންފިއެވެ.

ޑރ. ނަދީމް މެމޮން ރާއްޖެ ވަޑައިގަތުމުން އޭނާއަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ހުކުރު އުފާގެ މިހަފްތާގެ ދަރުސް ޚާއްސަކޮށްފައިވަނީ "މައި ސަކްސެސް އިޒް އޮންލީ ބައި ﷲ" ނުވަތަ ﷲގެ ޙަޒުރަތުން މެނުވީ އަހަރެމެންނަށް ތައުފީޤު ލިބުމެއް ނުވެއެވެ. މި މައިގަނޑު މައުޟޫޢަށެވެ.

ދަރުސްދެއްވުމަށް ވަޑައިގަތް ޑރ. ނަދީމް މެމޮން އަކީ ޕާކިސްތާން ނަސްލުގެ ކެނެޑާގެ ބޭފުޅެކެވެ. ޑރ.ނަދީމަކީ އިސްލާމީ އުސޫލުތައް، އިސްލާމީ ތަޢުލީމު ދޭ ފަރާތްތަކަށް ދީނީ ކަންކަން އޮޅުންފިލުވައި އެހީތެރިވެދެވޭނެ ގޮތްތައް ދިރާސާކުރައްވާ އެފަދަ ޕްރޮގްރާމްތައް ތަރައްޤީކުރައްވާފައިވާ ބޭފުޅެކެވެ.

ހުކުރު އުފާގެ ރޭގަނޑު ދަންފަޅީގައި ބާއްވާ ދަރުސްގެ ބައިވެރިންގެ ތެރެއިން ގުރުއަތުން ހޮވޭ ދެޖިންސްގެ ދެ މީހަކަށް އިސްލާމިކް ޔުނިވަރސިޓީން ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ. ހުކުރު އުފާގައި ކުރިއަށްގެންދާ ކުޑަކުދިންގެ ހަވީރު މިހަފްތާގައި ނޯންނާނެކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއެވެ.