ޚަބަރު

ހުޅުމާލޭ ދަމާސް ސައިޓްގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ


ހުޅުމާލޭގެ ކޮންސްޓްރަކްޝަން ސައިޓެއްގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ މި މީހާ މަރުވެފައި އޮއްވާ ފެނިފައިވަނީ ދަމާސް ސައިޓުން ކަމަށެވެ. މަރުވެފައި އޮއްވާ ފެނިފައިވަނީ ބަންގްލަދޭޝްގެ ފިރިހެނެއް (40އ) ކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ.

މިކަމުގެ މަޢުލުމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 8:20 ހާއިރު ކަމަށާއި އެ މީހާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައިކަމަށް ފުލުުހުން ބުނެއެވެ.