ޚަބަރު

ސީ ޕްލޭނެއް ޖައްސަން އުޅެނިކޮށް އަރިއަޅާލައިފި


މޯލްޑިވިއަންގެ ސީ ޕްލޭނެއް ޖައްސަން އުޅެނިކޮށް އަރިއަޅާލައިފިއެވެ. 

މޯލްޑިވިއަން އޮަޕަރޭޓްކުރާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް ހަރިޘް ވިދާޅުވީ ސީ ޕްލޭން ވެއްޓިފައިވަނީ ހުޅުލޭ ސީ ޕްލޭން ބޭސްއަށް ޖައްސަން އުޅުމުގެ ތެރޭގައި، މޫސުން ގޯސްވުމުގެ ސަބަނުންކަމަށެވެ. އަދި މިހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބޭކަމަށް ހާރިޘް ވިދާޅުވިއެވެ. 

img:http://s3.psmnews.mv/images/660x400/15071188893623.jpg|މޯލްޑިވިއަންގެ ސީ ޕްލޭން ވެއްޓިފައި

މި ސީ ޕްލޭންއަކީ ނިޔާމަ ރިސޯޓުން ގެސްޓުން ގޮވައިގެން އައި ސީ ޕްލޭނެއްކަމަށް މައުލޫމާތު ލިބެއެވެ. ހަދިސާ ހިނގި ވަގުތު ސީ ޕްލޭންގައި 15 ވަރަކަށް މީހުން ތިބިކަމަށް މަޢުލޫމާތުލިބެއެވެ.