ކުޅިވަރު

ކުޅިވަރު ފިއެސްޓާގެ ގަަވާއިދަށް ބަދަލްތައް އަތުވެދާނެ - ރައްޒާޤް


ވައި އެއިޓީން ކުޅިވަރު ފިއެސްޓާރގައި ބައިވެރިވާ ރަށްރަށުގެ ފީޑްބެކަށް ބަލާ މުބާރާތުގެ ޤަވާއިދަށް ބަދަލުތަކެއް ގެނައުމަށް ވިސްނަމުންދާކަމަށް މުބާރާތުގެ އިންތިޒާމް ކޮމިޓީން ބުނެފިއެވެ. 

މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ކުޅިވަރު ހަރަކާތުގައި ރާއްޖޭގެ ހުރިހާ ހިސާބަކުން ބައިވެރިވަމުން އަންނައިރު، މުބާރާތުގެ އިންތިޒާމް ކޮމިޓީންވެސް އަންނަނީ މުބާރާތް ފުރިހަމައަށް ގެންދިޔުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 

އިންތިޒާމް ކޮމިޓީގެ މެމްބަރު އަބްދުއްރައްޒާޤު އިބްރާހިމް ވިދާޅުވީ ރަށްރަށުން ލިބޭ ފީޑްބެކަށް ބަލައި ގަވާއިދުތަކަށް ކުދި ކުދި ބަދަލްތައް ގެންނަށް ކޮމިޓީން ވިސްނަމުންދާކަމަށެވެ. 

ރައްޒާޤު ވިދާޅުވީ މި މުބާރާތަކީ ހުރިހާ ޒުވާނުންނަށް ރައީސް އަބްދުﷲ ޔާމީންގެ އިސްނެންގެވުމާއިއެކު ބާއްވަން ނިންމާފައި މުބާރާތަކަށްވެފައި، ހުރިހާ ރައްޔިތުންގެ ބޭނުންވާ ގޮތަށް ކަންތައްތައް ކުރިއަށް ގެންދިޔުމަކީ މައިގަނޑު ވިސްނުންކަމަށެވެ. 

އަދި މި މުބާރާތުގެ މައިގަނޑު ބޭނުމަކީވެސް ޒުވާނުންނަށް ފުރުސަތު ހޯދައިދީ ކުޅިވަރުން ހިތްހަމަޖެހުން ހޯދައިދިނުންކަމަށާއި، ފުރިހަމަ މުބާރާތެއް ބޭއްވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށްވެސް ރައްޒާޤު ފާހަގަކުރެއްވިއެވެ. 

"ބައިވެރިވާ ޓީމްތަކުން ފީޑްބެކްދަނީ ލިބެމުން، ފީޑް ބެކްތަކަށް ބަލައި ކުދިކުދި ބަދަލްތައް ގެންނަ ކޮމިޓީން އަންނަނީ ވިސްނަމުން. އެކަމަކު އަދި ވަކި ގޮތެއް ނުނިންމާ" ރައްޒާޤު ވިދާޅުވިއެވެ.