ޚަބަރު

ސްޓްރޯކެއް ޖެހުނު ގައިދީއަކަށް ފަރުވާދޭން ފަށައިފި


ޤައިދީއަކަށް ސްޓްރޯކެއް ޖެހިގެން އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނީ ހޮސްޕިޓަލުގައި ފަރުވާދެމުންގެންދަނީ 20 އަހަރުގެ ހުކުމެއް ތަންފީޒުކުރަމުން ގެންދާ އުމުރުން 47 އަހަރުގެ ޤައިދީއަކަށް ކަމަށެވެ.

މީނާއަކީ އައްސޭރި ޖަލުގައި ޙުކުމް ތަންފީޒު ކުރަމުންގެންދާ ޤައިދީއެއްކަމަށްވެސް ކަރެކްޝަނަލް ސަރވިސްއިން މަޢުލޫމާތުދެއެވެ.