ޚަބަރު

ލިޓްލް ޖެމްސްގެ ދަރިވަރުން ދެ އުޅަނދަކަށް ޒިޔާރަތްކޮށްފި


ހުޅުމާލެ ލިޓްލް ޖެމްސް ޕްރީ ސްކޫލުގެ ދަރިވަރުން އެމްއެންޑީއެފް ކޯސްޓްގާޑްގެ ދެ މަނަވަރަކަށް ޒިޔާރަތްކޮށްފިއެވެ. 

ދަންފަޅިތަކަކަށް ބަހާލައިގެން 365 ދަރިވަރުން ކުރި މި ޒިޔާރަތުގައި މި ކުދިން ވަނީ އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީ އަދި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޢާޒީ އަށް ޒިޔާރަތްކޮށް، އެ އުޅަނދުތަކާ ބެހޭ މަޢުލޫމާތު ހޯދާފައެވެ. އަދި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުންނާއި، ކަނޑުމަތީގެ ރައްކާތެރިކަމަށް ބޭނުންކުރާ ބައެއް އާލާތްތަކާއި ގުޅޭ މަޢުލޫމާތު އެކުދިންނަށް ދީ، އެތަކެތި އަމަލީގޮތުން ބޭނުންކުރާ ގޮތް ވަނީ ކިޔައިދީފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. 

މި ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގައި ހަރަކާތްތެރިވެފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީ އަދި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޢާޒީގެ ސިފައިންނެވެ.