މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ސާދަ އަހަރުން ދަށުގެ ޗެންޕިއަންކަން އަހުމަދީއްޔާ އިންޓަރނޭޝަނަލް ސްކޫލް ހޯދައިފިއެވެ.  
 
އަހުމަދިއްޔާ ޗެންޕިއަންކަން ހޯދީ އިއްޔެ ހަވީރު ކުޅުނު ފައިނަލުގައި 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން އިސްކަންދަރު ސްކޫލް ބަލިކޮށްގެންނެވެ. އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މުހައްމަދު ރިމްހާން، ޔޫސުފް ސައިދާން، މުހައްމަދު ރިމްހާން، މޫސާ މާހިލް މިގްދާދް އަދި އިބްރާހިމް އާތިފްއެވެ. އަހުމަދިއްޔާއިން ވަނީ މެޗު ފަށައިގެން މިނިޓެއްވެސް ނުވަނީސް ފުރަތަމަ ލަނޑު ޖަހާފައެވެ.
 
 މި މުބާރާތުގެ 14 އަހަރުން ދަށުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަޤާމް ހޯދީ އަހުމަދީއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ މުހައްމަދު ރިމްހާން ގާސިމްއެވެ. މުބާރާތުގެ ފެއަރ ޕްލޭ ޓީމަކީ ހިރިޔާ ސްކޫލެވެ. މި އަހަރުގެ އިންޓަރ ސްކޫލް 14 އަހަރުން ދަށުގެ ބައިގައި 12 ސްކޫލަކުން ވަނީ ވާދަކޮށްފައެވެ. މުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ 3 ގްރޫޕަކަށް ބަހާލައިގެންނެވެ.
 
އެންމެ މޮޅު 11 ކުޅުންތެރިން:
 
 ޤިޔާސުއްދީން އިންޓަރ ނޭޝަނަލް ސްކޫލްގެ ޔާސީން އަބްދުﷲ ސައީދު، 
 
މަޖީދިއްޔާ  ސްކޫލުގެ އިސްމާއިލް އިލްކާން ބިން އަލީ، އަހުމަދު މައީޝް މުހައްމަދު، އަބްދުﷲ އާމިން އަލީ 
 
 ތާޖުއްދީން ސްކޫލުން އަބްދުލް ރިފާހު، މުހައްމަދު ސާއިމް ސަލީމް 
 
އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ މުހައްމަދު ރިމްހާން ގާސިމް، އަސަދުﷲ އަބްދުﷲ އަދި އިސްމާއިލް މައިޝާން
 
ހިރިޔާ ސްކޫލް: އައިހަމް ހަމްދޫން 
 
އިސްކަންދަރ ސްކޫލް: މުހައްމަދު ޒަޔާން އިސްމާއިލް