ޚަބަރު

މިއަހަރުގެ އޯލެވެލް އިމްތިޙަން ފަށައިފި


ހަތްހާހަށްވުރެ ގިނަ ދަރިވަރުންނާއެކު މިއަހަރުގެ އޯލެވެލް އިމްތިޙާނު މިއަދު ފަށައިފިއެވެ.

މިއަހަރު ރާއްޖެއިން މުޅި ޖުމްލަ 7125 ދަރިވަރުން ޖީސީއީ އޯލެވެލް އިމްތިޙާނު އަދި އެސް.އެސް.ސީ އިމްތިޙާނުގައި ބައިވެރިވާނެއެވެ. މި އިމްތިޙާނުގައި ސަތޭކަ ނުވަދިހަ ހަތް ސުކޫލު ސެންޓަރުން ފަސް ހާސް ފަސްސަތޭކަ އަށްޑިހަ ހަތް ދަރިވަރުން ބައިވެރިވާނެއެވެ. އަދި އަމިއްލަ ގޮތުން ފަންސާސް ދެ ސެންޓަރަކުން އެއްހާސް ފަސްސަތޭކަ ތިރީސް އަށް ދަރިވަރުން ބައިވެރިވާނެއެވެ.

މި އިމްތިޙާނު ފެށުމުގެ ގޮތުން މިއަދާއި މާދަމާ އޮންނާނީ އެސްއެސްސީ އިމްތިޙާނުގެ ދެމާއްދާ ކަމަށްވާ ދިވެއްސާއި އިސްލާމްއެވެ. މިއަހަރުގެ ޖީސީއީ އޯލެވެލް އިމްތިޙާނު ނިމޭނީ ނޮވެމްބަރު މަހުގެ ސާދަ ވަނަ ދުވަހުއެވެ.

މީގެ އިތުރުން އޭލެވް އިމްތިޙާނު އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ. ރާއްޖޭގައި މިދިޔަ އަހަރު އޯލެވެލް އިމްތިޙާނުގައި ހަތްހާސް ތިރީސް ދެ ކުދިން ބައިވެރިވެފައިވެއެވެ.