ޚަބަރު

އަނަސް މަރާލި މައްސަލައިގައި ހޯދަމުންދިޔަ އެކަކު ހައްޔަރުކޮށްފި


ރ.މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލައިގެ ތުހުމަތުގައި ފުލުހުން ހޯދަން އިޢުލާންކުރި ދެ މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ތ.ކިނބިދޫ، ގުލްފާމުގޭ، މުޙައްމަދު ޝާޒް(21)އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

ޝާޒްގެ އިތުރުން މި މައްސަލައިގެ ތުހުމަތުގައު ފުލުހުން ހޯދަމުންދާ އަނެއް މީހާއަކީ، މ.ލޮނުމިދިލިގޭ އަފްރާޙް ޢަބްދުއްރައްޒާޤް(21)އެވެ.

އަނަސް މަރާލާފައިވަނީ މިއަހަރުގެ ޖުލައިމަހުގެ 31 ވަނަ ދުވަހުގެ ރޭ، މާލޭ ލިޓަސް ގަރާޖުގެ ތެރޭގައި ހުއްޓާ ތޫނު އެއްޗަކުން ހަމަލާދީއެވެ.

ފުލުހުން ވަނީ މި މައްސަލައިގެ ތަހްޤީޤްގެ ބޮޑުބައެއް ނިމިފައިވާކަން ހާމަކޮށްފައެވެ.