ޚަބަރު

ނަދީމްގެ މަރުގެ ތުހުމަތުކުރެވޭ މީހުންގެ މަޢުލޫމާތު ހާމަކޮށްފި


ހއ.ތަކަންދޫ، އިބްރާހިމީހިޔާ، ނަދީމް އަބްދުއްރަޙްމާން މަރާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ މަޢުލޫމާތު ފުލުހުން ހާމަކޮށްފިއެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ، ގ.ޝާރާޒް، މުޙައްމަދު މަފާޒް ޙުސައިން، (19އ) އާއި ލ.ގަން، ތުނޑި ވިދާތަރި ޢަލީ ނިފާޒް (24އ) އާއި ރ.އިންނަމާދޫ ސަމަންތާ ޙުސައިން ޝާމިން (24އ) އާއި އަދި ޢުމުރުން އަށާރަ އަހަރު ނުވާ ކުޑަ ކުއްޖެކެވެ.

މި މައްސަލައިގެ ތަހްޤީޤް ނިންމައި މި 4 މީހުންގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ނަދީމަށް ހަމަލާދީފައިވަނީ މޫނު ނިވާކޮށްގެންތިބި ބަޔަކު، ޖުލައި މަހުގެ 27 ވަނަ ދުވަހުގެރޭ އިރާކޮޅު ލޮނުޒިޔާރަތްމަގުގައި ހުންނަ ކެފޭއަކަށްވަދެއެވެ. އޭނާ މަރުވެފައިވަނީ ވަޅިން ހަމާލާދިނުމާގުޅިގެން ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށެވެ. ނަދީމަށް ހަމަލާދީފައިވަނީ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން ކަމަށްވެސް ތަހްޤީގަށް އެނގިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.