ތަރައްްޤީ

އަލަށްދޫކުރާ ފްލެޓްތަކުގެ މަހު ކުއްޔަކީ 6،000 ރުފިޔާ


ސަރުކާރުގެ ގެދޮރުވެރިކަމުގެ ޕްރޮގްރާމްގެ ދަށުން މިގަހަރު ދޫކުރި ފްލެޓްތަކުގެ ތެރެއިން 3 ކޮޓަރީގެ އެޕާޓްމަންޓެއްގެ މަހުކުއްޔަކީ މަހަކު 6،000 ރުފިޔާ ކަމަށް ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ. 

މިނިސްޓަރ މިކަން ހާމަކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި އެޕާޓްމެންޓްތަކިގެ ޖުމުލަ އަގު 25 އަހަރަށް ބަހާލައިގެން ދެއްކޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުގައި ޑރ.މުއިއްޒު ވިދާޅުވީ ޕްލެޓްތަކުގެ ޑައުންޕޭމަންޓަކީ ފަންސަވީސް ހާސްރުފިޔާކަމަށާއި ޑައުންޕޭމަންޓް ބަހާލައިގެން ދެއްކެނޭ އިންތިޒާމް ހަމަޖައްސަވާދެއްވާނެކެމަށެވެ. މިނިސްޓަރ ވިދާޅުވީ ޕްލެޓްތަކަށް ކުލި ދައްކަންޖެހޭނީ ފަންސަވީސް އަހަރުވަންދެންކަމަށާއި އޭގެފަހުން ފްލެޓްތައް އަމިއްލަ ވެގެންދާނެކަމަށެވެ.ފްލެޓް ލިބޭ ފަރާތްތަކުން އެ ފްލެޓްތަކުގައި ދިރިއުޅެންޖެހޭނެ ކަމަށާއި އެހެން ބަޔަކަށް ބޮޑު އަގުގައި ކުއްޔަށް ދީފި ނަމަ އެފަދަ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށްވެސް ހައުސިން މިނިސްޓަރ ވިދާޅުވިއެވެ.ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ އެއްވެސް މީހަކު ބާކީނުކޮށް ހުރިހާ ފަރާތްތަކަކަށްވެސް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި މިފަހަރުގެ ފްލެޓްތައް ލިބޭ މީހުންގެ ފައިނަލް ލިސްޓް އާންމު ކުރިއިރު ވަގުތީ ލިސްޓްގައި ނުހިމެނޭ 36 ފަރާތެއްގެ ނަން އާ ލިސްޓްގައި ހިމެނިފައިވާނޭކަމަށެވެ. ހައުސިން މިނިސްޓަރ މުއިއްޒު ވިދާޅުވީ ފްލެޓްތަކުގެ ޝަކުވާއާ ގުޅޭގޮތުން 2984 ސިޓީ ހައުސިން މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ. އަދި އެ ހުރިހާ ސިޓީއަކަށް ޖަވާބު ދީފައިވާނެ ކަމަށްވެސް ހައުސިން މިނިސްޓަރު ވިދާޅުވިއެވެ. މި ފަހަރު ދޫކޮށްފައިވަނީ ހަތްސަތޭކަ ހަތަރު ފްލެޓެވެ. އަލަށް ދޫކުރި ފްލެޓްތަކަކީ އެޓޭޗް ބާތްރޫމާއެކު ހަދާފައިވާ ތިން ކޮޓަރީގެ ޕްލެޓްތަކެކެވެ.