ޚަބަރު

މާލެ ކެޓަގަރީ 1،2 އިން ފްލެޓް ލިބުނު މީހުންގެ ލިސްޓް އާންމުކޮށްފި


ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން މާލެ ކެޓަގަރީ އެކަކާއި ދޭކުން ފްލެޓް ލިބުނު މީހުންގެ ފައިނަލް ލިސްޓް އާންމުކޮށްފިއެވެ.

ފްލެޓަށް ހޮވިފައިވަނީ ފޯމްހުށައެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވެ އެންމެ މަތިން ޕޮއިންޓް ލިބުނު ފަރާތްތައްކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

ފްލެޓް ލިބުނު މީހުންގެ ފައިނަލް ލިސްޓް އާންމުކޮށްފައި މިވަނީ މިމަހުގެ 11 ވަނަ ދުވަހު ވަގުތީ ލިސްޓް އާންމު ކުރުމަށްފަހު އެ ލިސްޓާ ގުޅިގެން ހުށަހެޅުނު ޝަކުވާތަކަށް ބެލުމަށްފަހު ލިސްޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްފަހުކަމަށްވެސް ހައުސިން މިނިސްޓްރީން ބުނެއެވެ.

ކެޓަގަރީ އެކަކަކުން 500 ފަރާތަށް ފްލެޓް ލިބިފައިވާއިރު، ކެޓަގަރީ ދޭކުން 161 ފަރާތަށް ވަނީ ފްލެޓް ލިބިފައެވެ. ފްލެޓްތަކަށް ހޮވުނު ފަރާތްތަކުގެ ލިސްޓް، މިނިސްޓްރީގެ ވެބްސައިޓާއި، މިނިސްޓްރީގެ ނޯޓިސް ބޯޑުގައި އާއްމުކޮށްފައިވާކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.

މި ފްލެޓަތަކަކީ ސަރުކާރުގެ "ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެދަށުން މާލޭގެ ރަށްވެހިންނަށާއި، މާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވާ ފަރާތްތަކަށް ޚާއްސަކޮށްގެން ދޫކުރާ ފްލެޓްތަކެކެވެ.