ޚަބަރު

މިއަހަރު ތެރޭގައި 3 އެއަރޕޯޓެއްގެ މަސައްކަތް ފަށާނެ- ރައީސް


މިއަހަރުގެ ތެރޭގައި ތިން އެއަރޕޯޓްގެ މަސައްކަތް ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. 

ކޫއްޑޫ އެއަރޕޯޓް އިތުރު ޚިދުމަތްތަކާ އެކު ތަރައްކުރުމަށްފަހު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މިއަހަރު ތަރައްޤީކުރަން ފަށްޓަވާނީ ހދ.ކުޅުދުއްފުށީ އެއަރޕޯޓާއި، ށ.ފަރުކޮޅުފުނަދޫ އެއަރޕޯޓާއި ނ.މާފަރު އެއަރޕޯޓްކަމަށެވެ. 

ކޫއްޑޫ އެއަރޕޯޓްގައި އައު ޚިދުމަތްތަކާއެކު ވަނީ ރިސޯޓެއްވެސް ކޫއްޑޫގައި ތަރައްޤީކޮށްފައެވެ. ރައީސް ވިދާޅުވީ، ކޫއްޑޫގައި ރާއްޖޭގެ އިޤްތިޞާދުގައި އެންމެ މުހިންމު ދެ ދާއިރާކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަން އެކުއެކީގައި ހިނގަމުން އައުމަކީ އެ ދެ ސިނާއަތުގެ ގުޅުން ދައްކުވައިދޭކަމެއްކަމަށެވެ. އަދި ދެ ސިނާއަތް އެކުއެކީގައި ތަރައްޤީވަމުން އައުމަކީ އިޤްތިޞާދަށް ފައިދާކުރާނެކަމެއްކަމަށެވެ.

ރައީސްގެ ވަހަކަފުޅުގައި އަންނަ އަހަރު އިރުރު އެއަރޕޯޓްތަކާއެކު 13 ރިސޯޓެއް ހުޅުއްވާނެކަމަށެވެ. އެއަރޕޯޓްތައް އިތުރުވުމަކީ އިޤްތިޞާދު ފުޅާވެ، ޓޫރިޒަމާއި އެއްވަރަށް އެހެން ވިޔަފާރިތައްވެސް ކުރިއަރައިގެން ދާނެކަމެއްކަމަށެވެ. ރައީސް ވިދާޅުވީ، ކުރިން ސަރުކާރުތަކަށް ޤަބޫލުކުރެވިފައިވަނީ ޓޫރިޒަމް ކުރިއަރާނީ މާލެ ސަރަޙައްދުގައިކަމަށެވެ. ނަމަވެސް އެއަރޕޯޓްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްޤީވާ މިންވަރަކަށް އެކި ސަރަޙާއްދުތަކުގައި ފަތުރުވެރިކަންވެސް ތަރައްޤީވަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރަކީ އިންވެސްޓަރުންނާއި ރަހުމަތްތެރި ސަރުކާރެއްކަމަށެވެ.

ރައީސް ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢު ނިންމާ އަންނަ އަހަރުގެ ޚިދުމަތް ދޭންފަށާނެކަމަށެވެ.