ޚަބަރު

"‏ކޫއްޑޫ އެއަރޕޯޓް މޯލްޑިވްސް" ރަސްމީކޮށް އިފްތިތާޙުކޮށްފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، "‏ކޫއްޑޫ އެއަރޕޯޓް މޯލްޑިވްސް" މިއަދު ހަވީރު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައިފިއެވެ.

‏ކޫއްޑޫ އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، މި އެއާޕޯޓުގައި ކުރިން އޮތް 1200 މީޓަރު ދިގު ރަންވޭ 1800 މީޓަރަށް ދިގު ކޮށްފައިވެއެވެ. އަދި، އާ ވީ.އަ.ޕީ ލައުންޖަކާއި، މުވައްޒަފުންގެ 2 އެކޮމޮޑޭޝަން ބްލޮކް އެއާޕޯޓުގައި އިތުރަށް ތަރައްޤީކޮށްފައިވެއެވެ. މި ބަދަލުތަކާއެކު ކޫއްޑޫ އެއާޕޯޓް ވަނީ ކެޓަގަރީ 2 ސީ ގެ އެއާޕޯޓަކުން ކެޓަގަރީ 3 ސީ ގެ އެއާޕޯޓަކަށް ބަދަލުވެފައެވެ.

img:http://s1.psmnews.mv/images/660x400/15063444801368.jpg|ކުއްޑޫ އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

‏"‏ކޫއްޑޫ އެއާޕޯޓް މޯލްޑިވްސް" ހުޅުއްވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ޓޫރިޒަމް މޫސާ ޒަމީރާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދާއި، ކޫއްޑޫ އެއާޕޯޓުގެ ސީ.އީ.އޯ މުޙައްމަދު ޢަލީ ޖަނާޙާއި، ޕްރިސްޓިން އައިލެންޑް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ޗެއާމަން މިސްޓަރ ރޮނަލްޑް ލިއޯ ބައިވެރިވެވަޑައިގެންނެވިއެވެ.