ޚަބަރު

ރައީސް، ގއ އަތޮޅަށް ފުރާވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ހުވަދުއަތޮޅު އުތުރުބުރީގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު މެންދުރުފަހު ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން ކޫއްޑޫއަށް ވަޑައިގެން، ކޫއްޑޫ އެއަރޕޯޓާއި، މާރކިއޯ ކޫއްޑޫ ހޮޓެލް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ. 

މި ދަތުރުފުޅުގެ ދެވަނަ މަންޒިލެއްގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ މާދަމާ ހެނދުނު ކޮލަމާފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި މާދަމާ ހަވީރު ވިލިނގިއްޔަށް ވަޑައިގެން އެރަށުގައި ބިނާކުރެވިފައިވާ މިސްކިތް ހުޅުއްވައިދެއްވުމަށްފަހު އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.